މާލޭ، އެމްޕީއެލްއާ ދިމާ ބޭރުގައި އިއްޔެ މެންދުރުފަހު، ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހަދިސާގައި ހާލު ދެރަވި ޒުވާނާ ވެސް މިއަދު ހެނދުނު ނިޔާވެއްޖެއެވެ.
އެމްޕީއެލްއާ ދިމާ ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލީ އިއްޔެ ހަވީރު 15:44ހާއިރުއެވެ.
ފުލުހުން މައުލޫމާތުދިންގޮތުގައި ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އޭގައި 14 މީހުން ތިއްބެވެ. އެ އެންމެން ވެސް ފެނުނުއިރު އޭގެ ތެރެއިން، ހަ މީހަކަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުނެއެވެ. އެއީ ހަތަރު ދިވެހީންނާއި ދެ ބިދޭސީންނެވެ.
ދެ ބިދޭސީންގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއްވެ އޭގެ ތެރެއިން ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ މަސްއޫދު ހުސައިން އިއްޔެ ވަނީ މަރުވެފައެވެ.
މީގެ އިތުރުން ދިވެއްސަކަަށް ވެސް ބޮޑެތި އަނިޔާތަކެއްވެ ހާލު ސީރިއަސްކަމަށް ފުލުހުން ބުންޏެވެ. އެއީ 25 އަހަރުގެ އަލީ އަފްލާހް އަބުދު ﷲ އެވެ.
މިއަދު ހެނދުނު ފުލުހުން ބުނީ އެ ޒުވާނާ ވެސް މަރުވެފައިވާ ކަމަށެވެ.
މި މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުންނެެއް ނުދެއެެވެ.
ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު