މާލެ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ގެނައުމަށް ނުވަތަ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ކުންފުންޏެއްގެ ދަށުން ވަކިކޮށް ކައުންސިލް ދަށަށް ގެންދިއުމަށް އެއްވެސް ސަރުކާރަކުން އެއްބާރުލުމެއް ދީފައި ނުވާކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ނިޔާޒް (ނިޔާ) ވިދާޅުވެއްޖެއެވެ.
ނިޔާޒް މިހެން ވިދާޅުވީ، ހުޅުމާލޭގައި މާލެ ސިޓީ ކައުންސިލާ ވަކިން، ވަކި ސިޓީ ކައުންސިލެއް ގާއިމް ކުރަން ޖެހޭ ކަމަށް މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވުމާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.
ހުޅުމާލެއަކީ މާލެ ސިޓީ ކައުންސިލްގެ އިދާރީ ހިންގުމުގެ ދަށުގައިވާ ސަރަޙައްދެއް ނަމަވެސް، އެރަށުގެ މުނިސިޕަލް ގިނަ ޚިދުމަތްތައް މިހާރުވެސް ދެނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ. ލާމަރުކަޒީ ކޮމެޓީގެ ކުރީގެ މުގައްރިރު ކަން ވެސް ކުރެއްވި ޢަލީ ނިޔާޒް ވިދާޅުވީ މި މައްސަލައަށް ޙައްލެއް ހޯދައި، ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ކައުންސިލްގެ ދަށަށް ގެންދިއުމަށް ކުރިން އޮތް ސަރުކާރުތަކުންނާއި މިހާރުގެ ސަރުކާރުންވެސް ހަގީގީ އެއްބާރުލުމެއް ދީފައި ނުވާ ކަމަށެވެ. ޢަލީ ނިޔާޒް ވިދާޅުވީ، ހުޅުމާލޭގައި ސިޓީ ކައުންސިލްގެ ޚިދުމަތްތައް ފުރިހަމައަށް ޤާއިމްކުރުމަށް އޮތް ހަމައެކަނި ޙައްލަކީ، މާލެއާ ވަކިން ވަކި ސިޓީ ކައުންސިލެއް އުފައްދައި، އޭގެ އިޚްތިސާސް ވަކިކުރުން ކަމަށެވެ.
މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެއަކީ ވަރަށް ތަފާތު ސިފަތަކަކާއި ތަފާތުކަމެއް އެކުލެވޭ، މާލެއާ ވަރަށް ތަފާތު ސިޓީއެއް ކަމަށެވެ. އެހެންކަމުން މާލެ ސިޓީ ކައުންސިލާ ވަކިން، އަމިއްލަ މުސްތަޤިއްލު ސިޓީ ކައުންސިލެއް ހުޅުމާލެއަށް ހައްޤުވާ ކަމަށް ޝަމްހީދު ވިދާޅުވިއެވެ.
ޝަމްހީދު ވިދާޅުވީ ހުޅުމާލެއަށް އަމިއްލަ ކައުންސިލެއް ދީގެން ބާރުވެރިކުރުވާ ވަގުތު މިހާރު މިވަނީ އައިސް ޖެހިފައި ކަމަށެވެ.
"އަޅުގަނޑު ރައީސް ޑރ. މުހައްމަދު މުޢިއްޒު އަދި ރައްޔިތުންގެ މަޖިލީހަށް ގޮވާލަނީ ލޯކަލް ކައުންސިލް ޤާނޫނަށް ގެނެވޭ އިޞްލާޙުތަކުގައި މިކަން ހިމަނުއްވުމަށް" ޝަމްހީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު