ސަރުކާރުގެ ފަހުގެ ބައެއް ނިންމުންތަކަށް އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ވަހީދު އިބްރާހިމް، ވައްޑެ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ވައްޑެ އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖީލަކަށް ދުންފަތް މަނާކުރުމާއި، ކަށިމިޔަރުގެ ވިޔަފާރިކުރުމަށް ހުއްދަ ދިނުމާއި، ސިވިލް ސާވަންޓުންގެ މުސާރަތައް ބޮޑުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުންތަކަކީ ހުސް ހޮޅި ނިންމުންތަކެއް ކަމަށެވެ.
ވައްޑެ ވިދާޅުވި ގޮތުގައި، ޖީލަކަށް ދުންފަތް ބޭނުންކުރުމަށް ނިންމާފައިވާ ނިންމުމަކީ "އަމަލުނުކުރެވޭނެ ކަމެއް" ކަމެކެވެ. މީގެ މާނައަކީ މިފަދަ ބޮޑު ނިންމުމެއް އަމަލީގޮތުން ތަންފީޒުކުރުމަކީ އުނދަގޫ ނުވަތަ ނުވާނެ ކަމެއް ކަމަށް ވައްޑެ ދެކެވަޑައިގަންނަވާ ކަމެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގައި ކަށިމިޔަރުގެ ވިޔަފާރިކުރުމަށް ހުއްދަ ދިނުމުގެ ސަރުކާރުގެ ނިންމުން ވަރަށް ބޮޑަށް ކުށްވެރިކޮށް ވައްޑެ ވިދާޅުވީ، މިއީ "ގައުމު އެތައް ތާކަށް ފަހަތަށް އުނބަށް ޖެހުން" ކަމަށެވެ. ކައުންސިލް އިދާރީ މުވައްޒަފުންގެ މުސާރަތައް "ޕޭ ހާމަނައިޒް" ކުރުމުގެ ނަމުގައި ކުރިއަށްގެންދާ މަސައްކަތަށް ވެސް ވައްޑެ ފާޑުވިދާޅުވިއެވެ. އޭނާ މިކަން ސިފަކުރެއްވީ "ހިންޏަށް ހަކުރު އޮޅުވާލުން" ފަދަ ކަމެއްގެ ގޮތަށެވެ.
މި ތިން ނިންމުމަށް އިޝާރާތް ކުރައްވަމުން ވައްޑެ ވަނީ މިއީ ހުސް ހޮޅި ނިންމުންތަކެއް ކަމަށް ވިދާޅުވެ، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު