ރައްޔިތުން މިހާރު ވެރިކަމުގެ ކަންކަން ހަމަމަގަށް އަޅުވަންޖެހޭ ޙާލަތަށް ގައުމުގެ ކަންކަން ގޮސްފައިވާ ކަމަށް މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ކުރީގެ މެންބަރު، ސަޢުދު ޙުސައިން، ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ކުރީގެ މެންބަރު، ސަޢުދު ޙުސައިން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމުގެ ވެރިންނަށް މިހާރު ގައުމުގެ ހާލަތާއި މެދު ވިސްނާލުމަށް ވަގުތެއް ނެތް ކަމަށާއި، ބޮޑެތި ވަފުދުތައް ހަދައިގެން ގިނަ ދަތުރުތައް ކުރުމާއި، ކުދިކުދި ކަންކަމަށް ވިސްނާ ރައްޔިތުން މޮޔަހެއްދުމުގެ ނަތީޖާ މިހާރު ވަރަށް ހިތިވަމުންދާ ކަމަށެވެ. މިއަދު ރައްޔިތުން މި ގައުމުގެ ވެރިކަން ހަވާލު ކޮއްފައިވާ ފަރާތްތައް ދައުލަތް ހިންގުމުގައި އަމަލު ކުރަމުންދާ ގޮތާއި މެދު ވިސްނާލުމުން ބޮލަށް އެބުރުން އަރާ ކަމަށްވެސް ސަޢުދު ވިދާޅުވިއެވެ.
މީގެ އިތުރުން ސަޢުދު ވިދާޅުވީ ފަސް އަހަރުގެ ދައުރެއްގެ ތެރެއިން ދެ އަހަރު ފުރޭއިރު ވޯކިން އަވާސް ކަލްކިއުލޭޓް ކޮށްލާއިރު، %75 ވަގުތު ބޭނުން ކުރަމުން މިދަނީ ދަތުރެއްގެ މަތީގައި ކަމަށެވެ. އަދި އެއިން ކޮންމެ ދަތުރެއްގައި މުޅި ސަރުކާރުގެ ބޮޑު ވަފުދެއް، މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިންނާއެކު ބައިވެރިވާ ކަމަށާއި، މިވެރިން ކުރާނެ ކަމެއް ނެތި ރައީސްމީހާ ދާ ތަންތަނަށް ދުވުމުގައި ވަގުތު ހޭދަކުރާ ކަމަށް ސަޢުދު ވިދާޅުވިއެވެ.
ސަޢުދު ޙުސައިން ފާހަގަކުރެއްވި ގޮތުގައި، މިފަދަ ކޮންމެ ދަތުރެއްގައި އެތައް ހޭދައެއް ކުރަމުންދާ ކަމަށާއި، އޭގެ އިތުރަށް ކޮންމެ ރަށަކަށް އަރައި ރަށު ރައްޔިތުން މޮޔަހެއްދުމަށް އެތައް ދޮގު ވާހަކަތަކެއް ދައްކާ ކަމަށެވެ. މީގެ ނަތީޖާއަކީ ގައުމުގައި އުފެދިފައިހުރި ބޮޑެތި މައްސަލަތަކަށް އަޅާނުލެވި އިތުރަށް ގޯސްވުން ކަމަށާއި ދައުލަތުގެ ހިންގުން އޮޔާދާތަން ފެންނަމުންދާ ކަމަށް ސަޢުދު ވިދާޅުވިއެވެ.
އިތުރަށް ސަޢުދު ވިދާޅުވީ، މިހާރު ވެރިންގެ އޮފީސްތައް ފަޅުވެފައިވާ ކަމަށާއި، ރައްޔިތުންގެ ވެރިކަން ރައްޔިތުން ހަމަމަގަށް އަޅުވަންޖެހޭ ޙާލަތަށް ގައުމުގެ ކަންކަން ގޮސްފައިވާ ކަމަށެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން އަޅާނުލާ ކަމަށް ވިދާޅުވެ ސަޢުދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ސަޢުދު މިހެން ވިދާޅުވެފައިވާއިރު ރައީސްކަމުގެ ހުވާކުރެއްވި ފަހުން އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަންނަވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިކޯޑު ހައްދަވާފައެެވެ.
އެއް އަހަރާ 11 މަސްދުވަހުގެ ތެރޭގައި ދަތުރުފުޅުކުރައްވައި، ރައީސް މުޢިއްޒު މި ތާރީހީ ކާމިޔާބު ހާސިލުކުރައްވާފައި މިވަނީ، ފާދިއްޕޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށާއި، މާލެ އަތޮޅުގެ ތިން ރަށަކަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި މިއަދު މެންދުރު މާލެ އަތޮޅު ތުލުސްދޫއަށް ވަޑައިގަތުމާ އެކުގައެވެ.
ތުލުސްދު އަށް ވަޑައިގަތުމުން، ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށާއި ހުރިހާ ސިޓީއަކަށް ރައީސް މުއިއްޒަށް މަގާމުގެ ހައިސިއްޔަތުން ވަޑައިގެންނެވުނީ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އެ ދަތުރުތަކުގައި ސަރުކާރު ވަޒީރުންގެ އިތުރުން ކުންފުނިތަކުގެ އެމްޑީންގެ އިތުރުން މަޖިލީހުގެ މެމްބަރުން ބައިވެރި ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު