މޫނު ނިވާކޮށްގެން ތިބި ބަޔަކު ބޭންކުގެ ފައިސާ އަޅާފަހުރި ސޫޓްކޭހެއް އެއާޕޯޓުން ފޭރިގެންފިއެވެ.
ފުލުހުންގެ މިއަދު ބުނީ، މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ފަތިހު 4:45 ހާއިރު ކަމަށެވެ.
އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ސޫޓްކޭހެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގެންފައިވާ މައްސަލައެއްް ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިޙާދިސާގައި ފޭރިގެންފައިވަނީ ކިހާ އަދަދެެއްގެ ފައިސާއެއް ކަމާއި، މިއީ ކޮން ބޭންކެއްގެ ފައިސާއެއް ކަމެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ، މި މައްސަލައާ ބެހޭގޮތުން އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށާއި، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު