ފަލަސްތީނުގެ ހައްގުގައި އަޑު އުފުލަމުންދަނިކޮށް ގަލޮޅު ދަނޑުން ބޭރުކޮށްލި މީހާ- ފޮޓޯ: ސޯޝަލް މީޑިއާ
ފަލަސްތީނުގެ ހައްގުގައި އަޑު އުފުލަމުންދަނިކޮށް ގަލޮޅު ދަނޑުން ބޭރުކޮށްލި މީހާ- ފޮޓޯ: ސޯޝަލް މީޑިއާ
ފަަލަސްތީނުގެ ހައްގުގައި އަޑުއުފުލަމުންދިޔަ މީހުން ގަލޮޅު ދަނޑުން ބޭރުކުރުމުން އެއިން ދޭހަވަނީ މި ސަރުކާރުގެ ދެފުށްކެހެރިކަން ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ރާއްޖޭގެ ރައީސް މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ހާއްސަ ފުޓްބޯޅަ މެޗާއި ދިމާކޮށް، ބަޔަކު ވަނީ އިޒްރޭލާއި ދެކޮޅު ޕޯސްޓަރުތަކެއް ހިފައިގެން ގަލޮޅު ދަނޑަށް ވަދެ އަޑުއުފުލާފައެވެ. އެ މީހުން ގޮވާލީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން، ދުނިޔޭގެ ފުޓްބޯޅައިން އިޒްރޭލު ބޭންކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެލް ބުނެއެވެ.

މީގެ ތެރެއިން މީހަކަށް ފުލުހުން ހުރަސް އަޅައި އޭނާ ގަލޮޅު ދަނޑުން ނެރެލި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި އިޔާޒް ވިދާޅުވީ މިކަމުން ދޭހަވަނީ ރައީސް މުއިއްޒުގެ ސަރުކާރުގެ ދެފުށްކެހެރި ކަން ކަމަށެވެ.

އިޒްރޭލު ޕާސްޕޯޓު މަނާ ކުރިގޮތަށް "ބޭން އިޒްރޭލް" ގެ ބޯޑުތައް ނުގެންގުޅެވެންވީ ކީއްވެތޯ ވިދާޅުވެ އިޔާޒް ވަނީ ސުވާލުކުރައްވާފައެވެ. އޭނާ ވިދާޅުވީ މިސަރުކާރުން ކޮންމެ ކަމެއްވެސް ކުރަނީ ނަމެއްގައި ކަންދެއްކެންވެގެންކަންވެގެން ކަން މިކަމުން ޔަގީންވާ ކަމަށެވެ.

އަދި ފަލަސްޠީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ހިންގާ ޤަތުލް ޢާއްމަށް މިސަރުކާރުން ސިއްރިއްޔާތުގައި ތާޢީދު ކުރާކަން ދޭހަވާކަމަށްވެސް އިޔާޒް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު