ޖަޕާނުގެ ބޮޑުވަޒީރުކަމަށް ސަނައެ ތަކައިޗީ އިންތިޚާބުވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ސަނައެ ތަކައިޗީގެ ތަޖުރިބާއާއެކު ޖަޕާނަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޔަޤީން ކުރައްވާކަމަށެވެ.
ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް، ރައީސް ވަނީ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.
ޖަޕާނުގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ޝިގެރު އިޝިބާ އިސްތިޢުފާ ދެއްވުމާ ގުޅިގެން، އުމުރުފުޅުން 64 އަހަރުގެ ތަކައިޗީ ޕާޓީގެ އާ ލީޑަރުކަމަށް ވަނީ ހޮވާފައެވެ. އަދި ބޮޑުވަޒީރުކަމަށް އޭނާ އައްޔަނުކުރީ ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުންނެވެ.
އިޝިބާ އިސްތިޢުފާ ދެއްވާފައި ވަނީ ޖަޕާނުގައި ދިރިއުޅުމުގެ އަގުތައް އުފުލުމާ ގުޅިގެން އެ ޤައުމުގެ ރައްޔިތުން ސަރުކާރާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ވަނިކޮށެވެ. ތަކައިޗީ ތާއީދު ކުރައްވަނީ ޤައުމުގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އިތުރު ޚަރަދުތައް ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު