ނެޝަނަލް ޑްރަގް އޭޖެންސީގެ ޗެއާމަން ލުބްނާ ޒާހިރު ހުސައިން އެ މަގާމުން ވަކިކޮށްފިއެވެ.
ލުބްނާ މަޤާމުން ވަކިކުރި ސީދާ ސަބަބެއް ރަސްމީކޮށް ސާފުވެފައެއް ނުވެއެވެ. ނަމަވެސް ލުބްނާގެ ޗެއާމަންކަމުގެ ދަށުން އެންޑީއޭ ރަނގަޅަށް މަސައްކަތް ނުކުރާކަމުގެ ކަންބޮޑުވުމާއެކު، އެންޑީއޭގެ 40 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް މައްސަލައެއް ހުށަހަޅާފައިވާކަން އެނގިފައިވެއެވެ.
އަދި އެ މައްސަލާގައި ވަނީ އެންޑީއޭގައި ފަރުވާ ހޯދަމުން އަންނަ އެޑިކްޓުންނާމެދު ލުބުނާ އަމަލު ކުރާ ގޮތުގެ ކަންބޮޑުވުންތައް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
އެންޑީއޭގެ ޗެއާމަނަކަށް ލުބްނާ އައްޔަނުކުރީ ޖޫން 24، ގައެވެ. އަދި އިއްޔެއިން ފެށިގެން ލުބްނާ އެމްޑީއޭއިންނާއި، ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް ކަމުން ވަކިކުރުމަށްފަހު ބަދަލު ކޮށްފައިވަނީ ފޮރިން މިނިސްޓްރީއަށެވެ.
ލުބްނާ ވަކިކޮށް އެންޑީއޭގެ ހިންގުން ޙަވާލު ކޮށްފައިވަނީ ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމަށެވެ.

ކިޔުންތެރިންގެ ހިޔާލު