ޑރ. އިޔާޒް، ރައީސް ޑރ. މުހައްމަދު މުއިއްޒު
ޑރ. އިޔާޒް، ރައީސް ޑރ. މުހައްމަދު މުއިއްޒު
އައްޑޫ ރައްޔިތުން ބޭނުންވަނީ ސީޝެލްސްގެ ދަށަށް ދާށޭ، ރައީސް ޑރ. މުހައްމަދު މުއިއްޒު ގާތު ނުފޫޒުގަދަ މެމްބަރަކު ވިދާޅުވެއްޖެނަމަ އެކަމަށް ފެންނަ ނުފެންނަ ވޯޓެއް ނަގާނެތޯ ވިދާޅުވެ ދީނީ ޢިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ސުވާލުކުރައްވައިފިއެވެ.

އައްޑޫ ފޭދު އާއި ހުޅުދޫ އަދި މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ހުޅުދު އާއި މީދު އާއި ފޭދޫގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓު ނެގުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ. އަދި ހުޅުދު އާއި މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި އެ ދެ ރަށުގައި އެއް ކައުންސިލް (އައްޑޫ ހުޅުމީދޫ ކައުންސިލް) އުފައްދަން ފެނޭތޯ ބެލުމަށް ވެސް އެ ވޯޓުގައި ހިމެނުމަށް ވަޒީރުންގެ މަޖިލީހުން ނިންމިއެވެ.

ނަމަވެސް އައްޑޫ ސިޓީގެ ހަ ރަށް ގުޅިގެން އުފައްދާފައިވާ ކައުންސިލު ރޫޅެން ނޭދޭ ކަމަށް ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލު ނިޒާރު ވަނީ ވިދާޅުވެފައެވެ.

ނިޒާރު މިހެން ވިދާޅުވީ ފޭދޫގައި ރަށު ކައުންސިލެއް އޮތުމަށް ފެންނަ ކަމަށް ބުނާ ސިޓީއެއްގައި އޭނާގެ ސޮއި އޮތުމާ ގުޅިގެން އެ ސިޓީގައި ސޮއި އޮތް ސަބަބު ސާފުކޮށްދެމުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައެވެ.

އެގޮތުން ނިޒާރު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލު އެކުލެވިފައި އޮތް ގޮތް ބަދަލުކުރުމަށް އެދި ފޮނުވި ސިޓީގައި އޭނާ ސޮއިކުރެއްވީ އޭރު އޭނާއަށް ލިބިފައި ހުރި މައުލޫމާތުތަކެއް މައްޗަށް ބުރަވެ ކަމަށާއި، ނަމަވެސް އެ ފަހުން ކުރި މަސައްކަތުން އޭނާގެ ވިސްނުން ބަދަލުވެފައިވާ ކަމަށެވެ. އަދި އޭނާގެ ވިސްނުން މިހެން ހުރިނަމަވެސް، ރައްޔިތުން ނިންމާ ގޮތަކަށް އިހުތިރާމް ކުރާނެ ކަމަށް ނިޒާރު ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި އިޔާޒް ވަނީ، އައްޑޫ ސިޓީ އަށް ނިސްބަތްވާ ނުފޫޒުގަދަ މެމްބަރަކު ރައީސް މުއިއްޒު ގާތު ތިމަންނާމެން ބޭނުންވަނީ ސީޝެލްގެ ދަށަށް ދާށޭ ބުނެފިނަމަވެސް، ފެންނަ ނުފެންނަ ވޯޓެއް ނަގާނެބާއޭ ވިދާޅުވެ ސުވާލު ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު