ބެސްޓިނެޓުގެ އެކްސްޕެޓް ސިސްޓަމް ބޭނުންކުރަން ނިންމީ އެ ބޭނުން ނުކޮށްފިނަމަ ދައުލަތަށް ލިބޭގެއްލުން ބޮޑުވެދާނެތީ ކަމަށް ދަޢުލަތުގެ ބަންޑާރަނާއިބު އަޙްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންގެ ކަންކަން ބަލަހައްޓަން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި މެލޭޝިއާގެ ބެސްޓިނެޓާއެކު 2016 ގައި ހެދި އެއްބަސްވުމަށް އަލުން ރުޖޫޢަވުމަށް މިސަރުކާރުން ނިންމީ، އެކަން ނުކޮށްފިނަމަ ދައުލަތަށް ބޮޑު ގެއްލުމެއް ވެދާނެތީ ކަމަށެވެ.
އުޝާމް މިއަދު ވިދާޅުވީ، އެކުންފުނިން އެމައްސަލަ އާބިޓްރޭޝަނަށް ހުށަހެޅިނަމަ އެކަމަށް ދައުލަތުން ބޮޑު ހަރަދެއް ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި އެފަދަ މައްސަލައެއް ޝަރީއަތަށް ހުށަހަޅައިފިނަމަ ދައުލަތުން އެ ކުންފުންޏަށް ބޮޑު ބަދަލެއް ދިނުމަށް ހުކުމް ކުރުމުގެ ފުރުސަތު އޮތް ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.
"މި މުއާމަލާތުގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ޝަރުއީ މަރުހަލާއަށް ގޮސްފި ކަމަށްވަނީނަމަ ބެސްޓިނެޓުން އެދިފައިވާ ބަދަލު އެ ފަރާތަށް ނަގާދިނުމުގެ ފުރުސަތު ބޮޑުކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވުނު." އުޝާމް ވިދާޅުވިއެވެ.
އުޝާމް މިހެން ވިދާޅުވެފައިވާއިރު، ބެސްޓިނެޓްއާއެކު ވި އެއްބަސްވުމަށް އަމަލުނުކުރާތީ އެ ކުންފުނިން 13.7 މިލިއަން ޑޮލަރުގެ ބަދަލަކަށް އެދި ކުރީގެ ވެރިކަމުގައި ސަރުކާރަށް ސިޓީވެސް ފޮނުވާފައިވެއެވެ. އަދި ކުރީގެ ރައީސް ޞާލިޙްގެ ވެރިކަމުގައި ބެސްޓިނެޓާއެކު ހަދާފައިވާ އެއްބަސްވުން މަޑުޖައްސާލާފައި ވަނިކޮށް، އެކުންފުންޏާއެކު އާ އެއްބަސްވުމެއް ހަދައި އެކަން ކުރިއަށް ގެންދިއުމަށް މި ސަރުކާރުން ވަނީ ނިންމާފައެވެ.
ބެސްޓިނެޓާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ބިދޭސީއެއްގެ ބޮލަކަށް އަހަރަކު 100 ޑޮލަރު ސަރުކާރުން އެ ކުންފުންޏަށް ދައްކަން ޖެހޭނެއެވެ. އަދި މެޑިކަލް އިންޝޫރަންސްގެ ކަންކަމަށް ބޮލަކަށް 50 ޑޮލަރު ދައްކަން ޖެހޭނެއެވެ.
ދާޚިލީ ވަޒީރު އަލީ އިހުސާން ވިދާޅުވެފައިވަނީ ބެސްޓިނެޓުގެ އެކްސްޕެޓް ސިސްޓަމަށް ސަރުކާރުން ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށްފަހު ހިދުމަތުގެ ފޭސް 1 ފެށޭނީ އަންނަ ޑިސެމްބަރުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު