ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ އޭސީސީއަށް ޙާޟިރުކޮށްފިއެވެ.
ޑރ. ޢާއިޝަތު ޢަލީ އޭސީސީއަށް ޙާޟިރުކޮށްފައި މިވަނީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ސްވިފްޓް އިންޖިނީރިން ކުންފުންޏަށް ބަދަލު ދިނުމަށް ނިންމުމުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށެވެ.
މި މައްސަލައާ ގުޅިގެން ސުވާލުކުރުމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވެސް ވަނީ އޭސީސީއަށް ހާޒިރުކޮށްފައެވެ. އަދި ކުރީގެ ބަންޑާރަނާއިބު އިބްރާހިމް ރިފްޢަތަށްވެސް ވަނީ ޗިޓް ފޮނުވާފައެވެ.
ޑރ. އައިޝަތު އަލީ އޭސީސީ އަށް ހާޒިރު ކޮށްފައި ވަނީ މިއަދު ހެނދުނު 09:30 ގައެވެ. އެކަމަނާ އޭސީސީ އަށް ވަޑައިގެންނެވިއިރު އެ ސަރަހައްދުގައި އެމްޑީޕީގެ އިސް ބޭފުޅުންނާއި، އާންމު މެމްބަރުން ވެސް ތިއްބެވެ.
މި މައްސަލާގައި ސްވިފްޓްގެ ވެރިޔާ ސަޢުދުވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ސަޢުދު ވިދާޅުވީ، ސްވިފްޓު އިންޖިނިއަރިން އިން ކުރިއަށް ގެންދިޔަ 6 ޕްރޮޖެކްޓަކުން ރައީސް ޔާމީން ސަރުކާރުން ގާނޫނާއި ގަވާއިދާ ޚިލާފަށް ވަކިކޮށްފައިވާތީ ސްވިފްޓަށް ލިބުނު ގެއްލުމަށް ބޭނުންވަނީ ފައިސާތޯ ނުވަތަ ޕްރޮޖެކްޓުތޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސެޓަލްމެންޓު ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރި ކަމަށެވެ.
ސައުދު ވިދާޅުވީ އޭނާ ކޮމިޓީގައި އެދުނީ ވަކިކުރި ޕްރޮޖެކްޓުތަކަށް ވާ ފައިސާގެ ބަދަލުގައި އެ ޕްރޮޖެކްޓުތަކުގެ ވެލިއުއަށް ފެތޭ ޕްރޮޖެކްޓް ދިނުމަށް ކަމަށެވެ.
"އެހެންކަމުން ސްވިފްޓަށް ބަދަލެއްގެ ގޮތުގައި ފައިސާ ދީފައި ނުވޭ، އެކަމަކު ވަކިކުރި 6 ޕްރޮޖެކްޓުގެ ތެރެއިން 4 ޕްރޮޖެކްޓުގެ ވެލިއުއަށް ފެތޭ ގޮތަށް، 5 ޕްރޮޖެކްޓެއް ދީފައިވޭ. އަނެއް ދެ ޕްރޮޖެކްޓުގެ ބަދަލުގެ ގޮތުގައި ފައިސާވެސް އަދި ޕްރޮޖެކްޓެއްވެސް ދީފައި ނުވޭ" ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ މިކަމުގެ ސަބަބުން ދައުލަތަށް ލިބިފައިވާނީ ފައިދާ ކަމަށެވެ. އަދި މި މައްސަލައިގައި ކޯޓަށް ދިޔަ ނަމަ ބޮޑު އެއްޗެއް ސްވިފްޓަށް ދޭން ޖެހުނީސް ކަމަށްވެސް ސައުދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު