މިއަދު އޭސީސީއަށް ޙާޟިރުކުރިއިރު މައްސަލައިގެ ހުރިހާ ޑޮކިއުމެންޓްސް އޭސީސީގައި ނެތް ކަމަށާއި، އޭސީސީގެ މެންބަރުންވެސް ތިބީ ލަދުން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
މިއަދު 9:30 ގައި އޭސީސީއަށް ޙާޟިރުވުމަށްފަހު އެތަނުން ނިކުމެ ވަޑައިގެން ފައްޔާޒް ވިދާޅުވީ، އޭސީސީގެ ތަހުގީގަކީ އެއްވެސް އަސާސެއް، ބުރަދަނެއް ނެތް ސިޔާސީ ގޮތުން ބިރުދައްކަން ހިންގާ ތަހުގީގެއް ކަމަށެވެ. އަދި ތަހުގީގާ ބެހޭ ޑޮކިއުމަންޓްތައް ނެތްކަމަށާއި، ކުރަނީ ކޮން ތަހުގީގެއްކަންވެސް ސާފު ނޫންކަމަށް ފައްޔާޒް ވިދާޅުވިއެވެ.
އަދި މި ވަރުގެ މައްސަލައެއް ބަލަން ޖެހުނީތީ އޭސީސީގެ މެންބަރުންވެސް ތިއްބެވީ ލަދުން ކަމަށާއި، މިއީ ވަކި މީހަކު އަންގައިގެން އޭސީސީއަށް މަޖުބޫރުވެގެން ހިންގާ ތަހުގީގެއް ކަމަށްވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.
"އެ ބޭފުޅުންގެ އަމަލުތައް ހުރި ގޮތުން ވެސް އެނގޭ ލަދުން ކަން ތިބީ ވެސް." ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު މިއަދު އޭސީސީއަށް ޙާޟިރުކޮށްފައި މިވަނީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ސްވިފްޓް އިންޖިނީރިން ކުންފުންޏަށް ބަދަލު ދިނުމަށް ނިންމުމުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށެވެ.
މި މައްސަލައާ ގުޅިގެން ސުވާލުކުރުމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް އިއްޔެ ވަނީ އޭސީސީއަށް ހާޒިރުކޮށްފައެވެ.
މި މައްސަލާގައި ފައްޔާޒްގެ ދިފާޢުގައި ސަޢުދުވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ސަޢުދު ވިދާޅުވީ، ސްވިފްޓު އިންޖިނިއަރިން އިން ކުރިއަށް ގެންދިޔަ 6 ޕްރޮޖެކްޓަކުން ރައީސް ޔާމީން ސަރުކާރުން ގާނޫނާއި ގަވާއިދާ ޚިލާފަށް ވަކިކޮށްފައިވާ ކަމަށެވެ. އަދި ރައީސް ޞާލިޙްގެ ސަރުކާރުގައި، ސްވިފްޓަށް ބަދަލެއްގެ ގޮތުގައި ފައިސާ ދީފައި ނުވާކަމަށާއި، އެކަމަކު ވަކިކުރި 6 ޕްރޮޖެކްޓުގެ ތެރެއިން 4 ޕްރޮޖެކްޓުގެ ވެލިއުއަށް ފެތޭ ގޮތަށް، 5 ޕްރޮޖެކްޓެއް ދީފައިވާ ކަމަށް ސަޢުދު ވިދާޅުވެފައިވެއެވެ.
އަދި އަނެއް ދެ ޕްރޮޖެކްޓުގެ ބަދަލުގެ ގޮތުގައި ފައިސާވެސް އަދި ޕްރޮޖެކްޓެއްވެސް ދީފައި ނުވާތީ، މިކަމުގެ ސަބަބުން ދައުލަތަށް ލިބިފައިވާނީ ފައިދާ ކަމަށްވެސް ސަޢުދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު