ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ)
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ)
މައްސަލައެއް ފެށޭ ހިސާބުން އެމައްސަލަ ބެލުމުގެ ހަކަތަ މިނިވަން މުއައްސަސާތަކުގައި ހުންނަންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.

މެންބަރު ފިއްޓޭ މިހެން ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފެނަކައިގެ ހާއްސަ ރިޕޯޓަށް ބަހުސް ކުރަށްވަމުންނެވެ. އެގޮތުން ފިއްޓޭ ވިދާޅުވީ، ޚިޔާނާތައި އިހުމާލުގެ މައްސަލައެއް ފެންމަތިވާ ހިސާބުން ފެށިގެން ވަގުތުން އެމައްސަލައެއް ބަލަން ނުފެށޭނަމަ އޭސީސީ އާއި އޮޑިޓް އޮފީހަށް ބޮޑު ބަޖެޓެއް ދިނުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އަދި މިހާރު ފެންނަނީ ކޮންމެ ސަރުކާރެއް ނިމުމުން ކުރީ ސަރުކާރުގެ މައްސަލަތައް ބަލަން ފަސްއަހަރު ފަހަތުން ކޮމިޝަންތައް ދުވާ މަންޒަރުކަމަށްވެސް ފިއްޓެ ވިދާޅުވިއެވެ.

"މި ދަންނަވަނީ، އަދާހަމަ ކުރާށޭ. މިއަދުން ފެށިގެން މިއަދު. މި ސަރުކާރުން ކުރާ ކަންކަން މި ސަރުކާރުގަ ނުބެލޭކަމުގަ ވެއްޖިއްޔާ އޮޑިޓާ ޖެނެރަލްގެ އޮފީހެއް ހަދާފަ ބޮޑު ބަޖެޓެއް އެތަނަށް ކަނޑައެޅުމުގެ މާނައެއް ނެތް. އޭސީސީ އެއް ބަޖެޓު ދީފައި ބޭއްވުމުގެ މާނައެއް ނެތް." ފިއްޓެ ވިދާޅުވިއެވެ.

ހަމައެއާއެކު ދެ އަހަރު ތިން އަހަރު ފަހުން އޮޑިޓު ރިޕޯޓް ނިކުތުމަކީ ރައްޔިތުންގެ ޓެކްސް ފައިސާ ރައްކާތެރި ކުރުންކަމާމެދު ރައްޔިތުން ސުވާލު އުފައްދާ ކަމަށްވެސް ފިއްޓެ ވިދާޅުވިއެވެ. އެހެންކަމުން މަހުން މަހަށް، އަދި އަހަރުން އަހަރަށް އޮޑިޓު ރިޕޯޓުތައް ނެރެ، ކޮރަޕްޝަނުގެ ތަހުގީހުތައް ކުރުމަށް ފިއްޓެ މިއަދު ގޮވާލެއްވިއެވެ.

ފިއްޓެ މިހެން ވިދާޅުވެފައިވާއިރު، ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި އޭސީސީން ބަލަމުންދާ މައްސަލަ ތަކެއްގެ ތަހުގީގަށް ކުރީ ސަރުކާރުގެ ބައެއް ވަޒީރުން މިހާރު ދަނީ އޭސީސީއަށް ހާޟިރު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު