އަނިޔާއާއި، ފަސާދައާއި، ބިރުވެރިކަމުން ދެން ނިކުންނާނީ މިނިވަންކަން ކަމަށް އިޤްތިޞާދީ މާހިރު މުޙައްމަދު ނަސީމް، ނަފާ، ވިދާޅުވެއްޖެއެވެ.
ނަފާ ނަސީމް މިހެން ވިދާޅުވީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިންތިހާބަށް ކުރިމަތިލައި ޝަރުތު ހަމަވި ހަތަރު ކެންޑިޑޭޓުން ވޯޓަކާ ނުލާ އެ ކޮމިޝަނަށް އިންތިޚާބުވުމާ ގުޅިގެން މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.
އެގޮތުން ނަސީމް ވިދާޅުވީ، ދުވަސްކޮޅަކަށް ރާއްޖޭގެ ހުރިހައިކަމެއް ދާނީ އެގޮތަށް ކަމަށެވެ. އަދި ވެރިންގެ ޚުދުމުޚްތާރުކަން އިންތިހާވާނެ ކަމަށާއި، މިއީ ގައުމު ރަނގަޅުވުމުގެ ހެޔޮފާލެއް ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.
"ދައުލަތުގެ މަގާމުތަކަށް ރަގަޅުމީހުން ކުރިމައްޗެއް ނުލާނެ. ކުރިމަތިލިޔަކަ ނުދޭނެ!.. އަނިޔާއާ ފަސާދަޔާ ބިރުވެރިކަމުން ދެން ނިކުންނާނީ މިނިވަންކަން." ނަސީމް ވިދާޅުވެފައިވެއެވެ.
ނަސީމް މިހެން ވިދާޅުވެފައިވާއިރު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގައި ބްރޯޑްކާސްޓަރުން ތަމްސީލުކުރާ 2 މެންބަރުންނާއި އެހެން މީޑިއާތައް ތަމްސީލުކުރާ 2 މެންބަރުން އިންތިޚާބުކުރަން ހުޅުވާލި ފުރުސަތުގައި ވާދަވެރިކަމެއްނެތި ހަތަރު ކެންޑިޑޭޓުން ވޯޓަކާ ނުލާ އެކޮމިޝަނަށް ވަނީ އިންތިހާބުވެފައެވެ.
އެގޮތުން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމަށް އިންތިޚާބު ވެފައިވަނީ، މޫނިމާގެ ށ. ފޭދޫ، ޢަބްދުލްޢަޒީޒް އިބްރާހީމް އާއި މަލަ ގދ. ތިނަދޫ، ޒަމްޢަތު އަޙްމަދު ވަޙީދުއެވެ. އަދި އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމަށް އިންތިޚާބުވެފައިވަނީ، ވެލީގެ ގދ. ރަތަފަންދޫ، ސިމާޙާ ނަސީމް އާއި ހިސާން ހދ. ވައިކަރަދޫ، ޙުސައިން ޘަޤީފްއެވެ.

ކިޔުންތެރިންގެ ހިޔާލު