އދ. އޮމަދޫގެ އިޚްތިޞާސްގައި 3 ފަޅެއް ހިމަނައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް އަރިއަތޮޅު ދެކުނުބުރީ އޮމަދޫގައި ފަތުރުވެރިކަން ހިމެނޭގޮތުން އިޤްތިޞާދީ ގޮތުން ރައްޔިތުންނަށް މަންފާވާނެފަދަ ތަރައްޤީގެ މަސައްކަތްތައް ހިންގުމަށްޓަކައި އެރަށުގެ އިޚްތިޞާސްގައި 3 ފަޅެއް ހިމަނާފައިވާ ކަމަށެވެ.
އެގޮތުން އެރަށުގެ އިޚްތިޞާސްގައި ކުޑަދޫފަޅާއި، އަރިއަތޮޅު ދެކުނުބުރި ކޯޑު ނަންބަރު އާރްއެފް1329 ފަޅާއި، އަރިއަތޮޅު ދެކުނުބުރި ކޯޑު ނަންބަރާއި އާރްއެފް 1330 ފަޅު ހިމަނާފައިވާ ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.
މިއާއެކު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، 2025 ފެބުރުވަރީ 5 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައިވާ، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2025/2 އަށް އިޞްލާޙު ގެނަސް، އެ ޤަރާރުގެ ޖަދުވަލުގައި ހިމަނާފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު، މިހާރު ވަނީ އަދާހަމަ ކޮށްފައި ކަމަށް ރައީސް އޮފީން ވަނީ ބުނެފައެވެ.
އދ. އޮމަދޫގެ އިހުތިޞާންގައި ތިން ފަޅެއް ހިމަނައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ލިސްޓަށް މިއަދު ބަދަލު ގެނައި އިރު، ރައީސް މިއަދު ވަނީ އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު