ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ 161 މައްސަލައިގެ ތަހުގީގު ނިންމައި މިހާރު އޮތީ ގޮތް ނިންމުމުގެ މަރުހަލާގައި ކަމަށެވެ. އަދި މިވަގުތު 37 މައްސަލައެއް ތަހުގީގު ކުރަމުން އަންނައިރު 15 މައްސަލައެއްގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު ޑިއުޓީ ޕްރޮސިކިއުޝަން ކުރިއަށްދާ ކަމަށް ވަނީ ބުނެފައެވެ.
އެ ކޮމިޝަނުގެ ތަހުގީގުތަކުގައި އަމަލުކުރަމުންދަނީ ގާނޫނުއަސާސީ އާއި ކޮމިޝަނުގެ ގާނޫނާއި ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި ކަނޑައަޅާފައިވާ އުސޫލުތަކާ މިންގަނޑުތަކާ އެއްގޮތަށް ކަމަށާއި، އެ ކޮމިޝަނުން ގާނޫނީ މަސްއޫލިއްޔަތު އަދާކުރަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، މިނިވަންކަމާއި މުސްތަގިއްލުކަމާ އެކު ކަމަށް އޭސީސީން ވަނީ ބުނެފައެވެ.
އޭސީސީން ނެރުނު ބަޔާނުގައި ބުނީ ކޮމިޝަނުގެ ފަންނީ އަދި އެހެނިހެން ގާބިލުކަން ތަންދޭ އެންމެ މަތީ މިންވަރެއްގައި ތަހުގީގުތައް އަަވަސްކޮށް ފިޔަވަަޅު އަޅާނެ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުކުރިއަށްދާ ގޮތް އެ ކޮމިޝަނުން އާންމުކޮށްފައި މިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކުގައި ހިމެނޭ އެންމެންގެ ތަހުގީގުތައް ގޮސްފައިވާ ހިސާބު ޕީޖީ އޮފީހަށް އަންނަ ބުދަ ދުވަހުގެ ކުރިން ހުށަހެޅުމަށް އެ އޮފީހުން އަންގާފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު