ކޮންމެ ކަމެއްގައިވެސް އަދުލުވެރިވުމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ގޮވާލައްވައިފިއެވެ.

މާލޭގައި ޔޯގާ ސްޓޫޑިއޯއެއް ދާދި ފަހުން ހުޅުވުމާ ގުޅިގެން "އިލްމުވެރިންގެ ގުޅުން" ނަމަކަށް ކިޔާ އިލްމުވެރިންގެ ޖަމިއްޔާއިން ވަނީ މިކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. މިކަމާ ގުޅިގެން އެ ޖަމިއްޔާއަށް ވަނީ ފާޑުކިޔުންވެސް އަމާޒުވެފައެވެެ.

އެމްޑީޕީ ސަރުކާރުގައި ޔޯގާޑޭ ފަހަގަ ކުރުމުން ހަމަނުޖެހުން ހިންގި މައްސަލައަށް އިޝާރާތްކޮށް ގިނަ ބަޔަކު ވަނީ އެއީ އެ ސަރުކާރު ވީމާ ހިންގި ހަމަނުޖެހުމެއްތޯ އަހައި ސުވާލުކޮށްފައެވެ. އަދި މި ސަރުކާރުން ވެރިކަމަށް އައި ފަހުން ބަރަހަނާ މުބާރާތްތައް ބާއްވައި، ސަމޯއާގައި ބައިވެރިވެ، ޔޯގާ ފައްޅި އެޅިޔަސް އޮތީ ލުއި ބަޔާނެއް ނެރެ ހަނުތިބުންތޯ އަހައި ވަނީ ސުވާލުކުރައްވާފައެވެ.

މި ފާޑުކިޔުންތަކަށް އަމާޒުކުރައްވައި ޑރ. އިޔާޒް ވަނީ ސޫރަތުން މައިދާގެ 8 ވަނަ އާޔަތުގެ މާނަ ހިއްސާކުރައްވައި ނަސޭހަތެއްދެއްވާފައެވެ.

"ބަޔަކުމީހުންގެ މައްޗަށް ތިޔަބައިމީހުންގެ ހިތުގައި އުފެދުނު ނުރުހުންތެރިކަމެއް އެއީ، އެހެންމީހުންގެ މައްޗަށް ތިޔަބައިމީހުން ހައްދުފަހަނަ އަޅައިދިޔުމުގެ ސަބަބެއް ކަމުގައި މެދުވެރި ނުކުރާށެވެ. އަދި ތިޔަބައިމީހުން ޢަދުލުވެރިވާށެވެ. އެގޮތް ތަޤްވާވެރިކަމާއި ގާތްކަން ބޮޑެވެ،" އިޔާޒްގެ ޕޯސްޓުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު