އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރާ ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުންތައް ނިމި, ހުކުމް އިއްވަން ތައްޔާރުވެއްޖެއެވެ.
ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާ ދައުލަތުން ކުރަނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ބައްސާމް ހުރިއިރު 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމަށް ޖަމާކުރި ފައިސާގެ ތެރެއިން ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން، 10،000 ޑޮލަރު ބައްސާމްގެ އެކައުންޓަކަށް ޖަމާކުރި މައްސަލާގައެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހުލާސާ ބަޔާން ހުށަހެޅުމުން އަޑުއެހުންތައް ނިންމާލައި, ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ވަނީ އިއުލާންކޮށްފައެވެ.
ނަމަވެސް ހުކުމް އިއްވާނެ ދުވަހެއް އަދި އިއުލާން ނުކުރެއެވެ.
އެފްއޭއެމްގެ އިތުރު ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ބުނެ ބައްސާމްގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް ދައުލަތުން ކުރެއެވެ. އެ މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދަނީ ވަކިންނެވެ.

ކިޔުންތެރިންގެ ހިޔާލު