ލ. ގަމުގައި ފެންފޯއް ރުކަކަށް އަރައި ފެންފޯއް ކަނޑަން އުޅުނު ޒުވާނަކު ވެއްޓި، ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގީ އެ ޒުވާނާ މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ރަށުގެ މަތިމަރަދޫ އަވަށުގައި ހުރިި 60ހަކަށް ފޫޓުގެ ފެންފޯއް ރުކަކަށް އަރައި އުޅެނިކޮށެވެ.
މި ހާދިސާގައި ރުއް ބިންދައިގެން ގޮސްގެން ވެއްޓި އަނިޔާވީ 28 އަހަރުގެ ޒުވާނަކަށެވެ. އޭނާއަށް މިހާރު ފަރުވާދެމުން ދަނީ އައިޖީއެމްއެޗްގައެވެ.
އޭނާ ވެއްޓުނީ ގާފުންޏެއް މައްޗަށް އުއްޑުން ކަމަށާއި، އޭނާގެ އަރިކަށިން ފަސް ވަރަކަށް ކަށި ބިންދައިގެން ގޮސްފައިވާ ކަމަށްވެއެވެ.
ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެމުން އައިޖީއެމްއެޗުން ބުނީ، ގަމުން ގެނައި 28 އަހަރުގެ ފިރިހެން މީހާއަށް ފަރުވާދެމުން އަންނަނީ ވާޑްގައި އެޑްމިޓްކޮށްގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު