130 ލިކޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ދެ މީހުން-
130 ލިކޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ދެ މީހުން-
ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ދަަުލަތުން ދައުވާ އުފުލި އެންމެންގެ މައްޗަށް ކިށް ސާބިތުވެ، އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކަންނެލި ދޯންޏެއްގައި ރާއްޖެއަށް 130 ކިލޯ ޑްރަގް އެތެރެކުރި މައްސަލާގައި ޝަހީބު ހިމެނޭހެން ހަ މީހަކު ހައްޔަރުކުރީ އޮކްޓޯބަރު، 2020 ގައެވެ. އެއަށްފަހު، އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރިއެވެ.

އޭގެ ފަހުން މީގެ ތެރެއިން ބައެއް މީހުން ވަނީ ބަންދުން ދޫކޮށްލާފައެވެ. ބަންދުން ދޫކޮށްލުމުން ޑްރަގް އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބް އިބްރާހީމް އުޅުނީ ފިލައިގެންނެވެ.

ފިލައިގެން އުޅެނިކޮށް ޝަހީބު ހައްޔަރުކުރީ އޭނާ ފިލުމަށް އެހީތެރިވިކަމުގެ ތުހުމަތުގައި އޭނާގެ އަންހެނުން ހައްޔަރުކުރުމާ ގުޅިގެން، އޭނާ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުންނެވެ.

މި މައްސަލައިގެ ހުކުމް އިއްވަން ކްރިމިނަލް ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ ޑްރަގް އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ޝަހީބް އިބްރާހީމާއި ހއ. ހޯރަފުށީ، ވައިލެޓްވިލާ، އަހުމަދު މޫސާގެ އިތުރުން އެކަމުގައި ބައިވެރިވި ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރު، ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިން އަދި ބަންގްލަދޭޝްގެ އިގުބާލާއި އެ ގައުމަށް ނިސްބަތްވާ މުހައްމަދު ރިޔާދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ.

އެ މައްސަލައިގައި 18 އަހަރުން ދަށުގެ ކުއްޖަކަށް ވެސް ދައުވާ އުފުލިއެވެ. ނަމަވެސް، ޖުވެނައިލް ކޯޓުން ކަނޑައެޅީ އެ ކުއްޖަަގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށެވެ.

މި މައްސަަލަތަކުގައި، ޝަހީބާއި އަހުމަދު މޫސާގެ މައްޗަށް ދައުލަތުން އުފުލީ، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދެ ދައުވާއަކާއި މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގެ ދައުވާއެކެވެ.



ކިޔުންތެރިންގެ ހިޔާލު