ކުރީގެ ރައީސް މުހައްމަދު ނަޝީދު-
ކުރީގެ ރައީސް މުހައްމަދު ނަޝީދު-
ރައްޔިތުންގެ މަޖިލީހުން ފާސްކުރި މީޑިއާ ރެގިއުލޭޓުކުރުމުގެ ބިލުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވެގެންދާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މީޑިއާގެ މިނިވަންކަން ހަނިވާގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޓަރީ ބިލާމެދު ނޫސްވެރިންނާއި އާންމު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް، އިއްޔެ މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި އެ ބިލު ވަނީ ފާސްކޮށްފައެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ އިއްޔެއަކީ ދިވެހި ރާއްޖެއަށް ވަރަށް ހިތާމަވެރި ދުވަހެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ އެކަނިވެރިކަމާއި، އެތައް ވޭނަކާއި، ދަތިތަކަކާއެކު، އެކަހެރިވެތިބެ ހޯދި ހިޔާލުފާޅުކުރުމުގެ މިނިވަންކަން މި ބިލުން ވަރަށް ބޮޑަށް ހަނިކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މިކަމާ ދެކޮޅަށް އެންމެން ތެދުވަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު