ރާއްޖޭގެ ރަށްތަކެއް
ރާއްޖޭގެ ރަށްތަކެއް
މާލެއާ 9421 ކިލޯމީޓަރު ދުރަށް ބިންހެލުމެއް އަތުވެއްޖެއެވެ.

މެޓް އޮފީހުން ބުނީ ބިންހެލުން އައީ ރަޝިޔާގެ އިރު އުތުރު އައްސޭރި ކަމްޗަޓްކާ އަށް ކަމަށެވެ. އަދި މި ބިންހެލުން ރެކޯޑު ކުރެވިފައިވަނީ ރިކްޓަރ މިންގަނޑުން 7.2 މެގްނިޓިއުޑްގެ ބާރުމިނުގައި ކަމަށް މެޓް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.

މެޓުން ބުނީ ރާއްޖޭގެ ގަޑިން ހެނދުނު 7:37 ގައި އައި މި ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެކަމަށެވެ.

ރާއްޖެ ހިމެނޭ ސަރަޙައްދަށް ޢާއްމުކޮށް ބިންހެލުން ނައި ނަމަވެސް ބިންހެލުމުގެ އިޙްސާސް ކޮންމެވެސް ވަރަކަށް ކުރެވޭކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ.

ދާދިފަހުން އިންޑިއާގެ ނިކޮބާ އައިލެންޑްސްއަށް އައި 6.2 މެގްނިޓިއުޓުގެ ބިންހެލުމުގެ އަސަރު ރާއްޖެއަށް ވަނީ ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު