ދުނިޔޭގެ އެންމެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ކަމަށްވާ އެޕަލް އިން، އެ ކުންފުނީގެ އެންމެ ފަހުގެ އުފެއްދުންތައް ރޭ ތައާރަފްކޮށްފިއެވެ.
އެގޮތުން، އެންމެ ފަހުގެ އައިފޯން ލައިންއަޕް ކަމަށްވާ "އައިފޯން 17 ސީރީސް"، "އެޕަލް ވިޗް ސީރީސް 11" އަދި "އެއާޕޮޑްސް ޕްރޯ 3" ވަނީ ކި އިވެންޓުގައި ދައްކާލާފައެވެ. އެޕަލް އިން ބުނީ މި އުފެއްދުންތަކުން ޓެކްނޮލޮޖީގެ ދާއިރާއަށް މުހިންމު ކުރިއެރުންތަކެއް ގެނެސްދޭނެ ކަމަށެވެ.
އައިފޯން 17 ސީރީސް:
އެޕަލްއިން ބުނާގޮތުގައި އައިފޯން 17 އަކީ އެ ކުންފުނިން މިހާތަނަށް އުފެއްދި އެހެން ފޯނުތަކާ ތަފާތު، އަދި ވަރަށް ހައިރާންކުރުވަނިވި ފޯނެކެވެ. ރޭ ނެރުނު އައިފޯން 17 ގެ ޖުމްލަ ހަތަރު މޮޑެލް ހިމެނެއެވެ. އެއީ އައިފޯން 17، އައިފޯން އެއާ، އައިފޯން 17 ޕްރޯ، އަދި އައިފޯން 17 ޕްރޯ މެކްސްއެވެ.
އައިފޯން 17 ގެ ފަރުމާއަކީ ވަރަށް ރީތި އަދި މާ ބޮޑަށް ދެމިހުންނާނެ ފަރުމާއެކެވެ. މި ފޯނު ނެރެފައިވަނީ ލެވެންޑާ، މިސްޓް ބްލޫ، ބްލެކް، ވައިޓް، އަދި ސޭޖް ކުލައިގައެވެ.
އަގުތަކަށް ބަލާއިރު، އެޕަލްގެ އެހެން ފޯނުތަކާ އަޅާ ބަލާއިރު ސީރީސް 17 ގެ ފޯނުތަކުގެ އަގު ބޮޑުކަން ފާހަގަކުރެވެއެވެ. ރިޕޯޓްތަކަށް ބަލާއިރު، އައިފޯން 17 ސީރީސްގެ އަގުތައް ފެށިގެންދަނީ 799 ޑޮލަރު (ގާތްގަނޑަކަށް 12,300 ރުފިޔާ) ގައެވެ. އައިފޯން އެއާގެ އަގު ފެށިގެންދަނީ 999 ޑޮލަރުގައެވެ. އައިފޯން 17 ޕްރޯގެ އަގު ފެށިގެންދަނީ 1099 ޑޮލަރުގައި ކަމަށްވާއިރު، 17 ޕްރޯ މެކްސްގެ އަގު ފެށިގެންދަނީ 1199 ޑޮލަރުގައެވެ. އައިފޯން 17 ޕްރޯ މެކްސް ގައި 2 ޓީބީގެ ކޮންފިގަރޭޝަން ވެސް ލިބެން ހުންނާނެއެވެ.
އެޕަލް ވޮޗް ސީރީސް 17:
އައިފޯން 17 އާއެކު، އެޕަލް އިން އެ ކުންފުނީގެ އެންމެ ފަހުގެ ސްމާޓް ވޮޗް ކަމަށްވާ "އެޕަލް ވޮޗް ސީރީސް 11" ވެސް ރޭ ދައްކާލައިފިއެވެ. މި އައު ވޮޗަކީ ފަރުމާއާއި ފީޗާސްގެ ގޮތުން ބޮޑެތި ބަދަލުތަކަކާއެކު ނެރެފައިވާ އުފެއްދުމެއް ކަމަށް އެޕަލް އިން ހާމަކުރެއެވެ.
އެގޮތުން ބަލާއިރު ސީރީސް 11 އަކީ އެޕަލް އިން މިހާތަނަށް ނެރުނު އެންމެ ތުނި އަދި އެންމެ ލުއި އެއް ވޮޗް ކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން، މިއީ ކުރީގެ ސީރީސްތަކާ ބަލާއިރު މާ ވަރުގަދަ އަދި މޮޅު ވޮޗެއް ވެސްމެއެވެ. މި ވޮޗްގެ ކޭސްތައް ޓައިޓޭނިއަމް އަދި 100 ޕަސެންޓު ރީސައިކަލް ކުރެވިފައިވާ އެލްމިނިއަމްއިން ލިބެން ހުންނާނެއެވެ. ޓައިޓޭނިއަމް ކޭސްތަކުގެ ކުލަތަކުގެ ތެރޭގައި ޖެޓް ބްލެކް، ސިލްވާ، ރޯޒް ގޯލްޑް، ސްޕޭސް ގްރޭ، ނެޗުރަލް، ގޯލްޑް، އަދި ސްލޭޓް ހިމެނެއެވެ.
އެޕަލް އެއާޕޮޑްސް ޕްރޯ 3:
ރޭގެ އިވެންޓުގައު އެޕަލްގެ އާ އީޖާދެއް ކަމަށްވާ އެއާޕޮޑްސް ޕްރޯ 3 ވެސް ވަނީ ތައާރަފްކޮށްފައެވެ. މި އީޖާދާއެކު އަޑުއިވުމުގެ ތަޖުރިބާ މުޅިން އާ ހަރުފަތަކަށް ގެންގޮސްދޭނެ ކަމަށް އެޕަލްއިން ބުނެއެވެ.
އެޕަލްއިން ހާމަކޮށްފައިވާ ގޮތުގައި، އެއާޕޮޑްސް ޕްރޯ 3 ގެ އެކްޓިވް ނޮއިސް ކެންސަލޭޝަން ސިސްޓަމަކީ އެއާޕޮޑްސް ޕްރޯ 1 އަށްވުރެ ހަތަރު ގުނަ ރަނގަޅު އަދި އެއާޕޮޑްސް ޕްރޯ 2 އަށްވުރެ ދެގުނަ ރަނގަޅު ސިސްޓަމެކެވެ. މިއީ އިން-އިއާ ވައިރަލެސް ހެޑްފޯނުތަކުގެ ތެރެއިން މިހާތަނަށް އުފައްދާފައިވާ އެންމެ ރަނގަޅު ނޮއިސް ކެންސަލޭޝަން ކަމަށް އެޕަލްއިން ދަޢުވާކުރެއެވެ.
އަޑުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި، މި އައު އެއާޕޮޑްސް ޕްރޯ 3 ގައި ވަނީ އާ އެއާފްލޯ ސިސްޓަމެއް ތައާރަފުކޮށްފައެވެ. މީގެ އިތުރުން، އެޕަލް އިންޓެލިޖެންސްގެ އެހީގައި ލައިވް ޓްރާންސްލޭޝަންގެ ޚިދުމަތް މި އެއާޕޮޑްސް ޕްރޯ 3 ގައި ހިމެނެއެވެ. މިކަމުގެ ސަބަބުން، އެހެން މީހުންގެ އަޑު އިވޭނެ ގޮތް އިތުރަށް ތަބީއީވެ، މުއާމަލާތްކުރުން ފަސޭހަވެގެންދާނެ ކަމަށް ވެސް އެޕަލްއިން ފާހަގަކުރެއެވެ.
މި އުފެއްދުންތަކުން ދުނިޔޭގެ ޓެކްނޮލޮޖީއަށް ބޮޑެތި ބަދަލުތަކެއް ގެނުވައި، ބޭނުންކުރާ ފަރާތްތަކަށް މުޅިން އާ ތަޖުރިބާތަކެއް ހޯދައިދޭނެ ކަމަށް އެޕަލް އިން ވަނީ ބުނެފައެވެ. މިހާރު މި އުފެއްދުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބާޒާރުތަކަށް ނެރެން ފަށާފައިވާކަމަށް އެޕަލްއިން ހާމަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު