ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާޙިމް (ކުޑޫ)
ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާޙިމް (ކުޑޫ)
މުޅި އުމުރުދުވަހު ދައުލަތަށް ހިދުމަތްކޮށްފައިވާ ފަރާތްތަކަށް ނުލިބޭ އިނާޔަތްތަކެއް ރައްޔިތުންގެ މަޖިލިސް މެމްބަރަކަށްވީތީ ލިބުމަކީ އިންސާފެއް ނޫންކަމަށް މަޖިލީހުގެ ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާޙިމް (ކުޑޫ) ވިދާޅުވެއްޖެއެވެ.

ކުޑޫ މިހެން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސުންނާއި ކުރީގެ މަޖިލީސް މެންބަރުންގެ އިނާޔަތްތައް ކުޑަކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށައެޅުއްވުމާ ގުޅިގެންނެވެ.

މިކަމަށް ތާއީދުކުރައްވައި ސޯޝަލް މިޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއަގައި ކުޑޫ ވިދާޅުވީ މުޅި އުމުރު ދައުލަތަށް ހިދުމަތްކޮށްފައި، ސަރުކާރުގެ އިސް މަޤާމުތައް އަދާކޮށްފައި، މިހާރު ބޮޑު ބައްޔެއް ތަހައްމަލު ކުރަމުންދާ، ބޭސްފަރުވާ އަށް ‘ސަލާން ޖަހަމުންދާ’ ފަރާތަކާއި ދާދި ފަހުން ދިމާވި ކަމަށެވެ. މިފަދަ އެތައް ބަޔަކު ރާއްޖޭގައި އެބަ ތިބި ކަމަށް ކުޑޫ ވިދާޅުވިއެވެ.

ކުޑޫ ވިދާޅުވީ ވަޒީފާއިން ވަކިކުރުމަށްފަހު އެފަރާތްތަކަށް ނުލިބޭ އިނާޔަތެއް، ގަދަރެއް، އިއްޒަތެއް، ރައްޔިތުންގެ މަޖިލިސް މެންބަރަކަށްވީތީ ލިބުމަކީ އިންސާފުވެރި ކަމެއް ނޫންކަމަށެވެ. އަދި އެކަން ބަލައި ނުގަނެވޭނެ ކަމަށް ކުޑޫ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު