ދިވެހިރާއްޖޭގެ ކުރިއެރުމާއި، މުވާޞަލާތާއި، އިޤްތިޞާދުގައި ޕޯސްޓްގެ ޙިއްސާ ބޮޑު ކަމަށް ރައީސުލް ޖުމަހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަ ކުރަމުން ގެންދާ ދުނިޔޭގެ ޕޯސްޓް ދުވަހާއި ގުޅިގެން މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ރާއްޖޭގެ ކުރިއެރުމަށް އަގުހުރި ޚިދުމަތްތަކެއް ޕޯސްޓުން ފޯރުކޮށްދީފަައިވާ ކަމަށެވެ.
އެގޮތުން ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ކުރިއެރުމާއި، މުވާޞަލާތާއި، އިޤްތިޞާދުގައިވެސް ޒަމާންތަކަށް ދެމިހުންނާނެ އަގުހުރި ޚިދުމަތްތަކެއް ޕޯސްޓްގެ ޒަރީޢާއިން ވަނީ ފޯރުކޮށްދީފަައި ކަމަށެވެ.
“މިދިޔަ 119 އަހަރު ޕޯސްޓްގެ ޚިދުމަތް ރާއްޖޭގައި ދެއްވަން އިސްވެ ތިއްބެވި ވެރީންނާއި މުވައްޒަފުންނާމެދު ޤައުމު ފަޚުރުވެރިވޭ. ޕޯސްޓް ޚިދުމަތުގެ އެހާރާއި މިހާރުގެ ޓީމަށް އަހަރީ ދުވަހުގެ ޝުކުރާއި ހެޔޮއެދުން ދަންނަވަން.” ރައީސް ވިދާޅުވިއެވެ.
ވޯލްޑް ޕޯސްޓް ޑޭ އަކީ ކޮންމެ އަހަރެއްގެ އޮކްޓޯބަރ 9 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަޤްވާމީ ދުވަހެކެވެ. މިއީ 1874 ގައި ސުވިޒަލޭންޑްގައި އުފެދުނު ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަން (ޔޫޕީޔޫ) ގެ އަހަރީ ދުވަހެވެ. ޔޫޕީޔޫ އަކީ ދުނިޔޭގެ މުވާސަލާތީ އިންޤިލާބުގެ ފެށުމެވެ.
ރާއްޖޭގައި ފުރަތަމަ ޕޯސްޓުގެ ޚިދުމަތް ޤާއިމްކުރެވުނީ 1906 ވަނަ އަހަރު، ރާއްޖެ ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަން (ޔޫޕީޔޫ) ގެ މެންބަރަކަށްވި ހިސާބުންނެވެ.

ކިޔުންތެރިންގެ ހިޔާލު