ޓިކްޓޮކް އެޕް ބޭނުންކުރާ ފަރާތްތަކުގެ އުމުރު ކަށަވަރުކުރެވޭނެ ފަދަ ގޮތަކަށް އެޕް ބައްޓަން ކުރުމަށް މެލޭޝިއާއިން ގޮވާލައިފިއެވެ.
މެލޭޝިއާއިން މިގޮތަށް ގޮވާލައި ޓިކްޓޮކް އެޕްގެ މެނޭޖްމެންޓަށް ބާރު އަޅާފައި މިވަނީ ޓިކްޓޮކްގައި ކުޑަކުދިންނަށް ގެއްލުންދެނުވި އެތައް މައުލޫމާތެއް ހިމެނޭތީއެވެ.
ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ކުޑަކުދިންގެ ނަފްސާނީ ސިއްހަތަށް ވަރަށް ބޮޑަށް އަސަރު ކުރާ ކަމަށް ދިރާސާތަކުން ދައްކާއިރު، ޓިކްޓޮކްގައިވެސް މިފަދަ ގެއްލުންދެނިވި ކޮންޓެންޓުތައް ހުރެއެވެ. މި ސަބަބާހުރެ މިދިޔަ އަހަރު އޮސްޓްރޭލިއާގައި ވަނީ 16 އަހަރުން ދަށުގެ ކުދިންނަށް ޓިކްޓޮކް މަނާވެސް ކޮށްފައެވެ.
މެލޭޝިއާގެ ކޮމިއުނިކޭޝަން މިނިސްޓަރ ފަހުމީ ފަޟީލް ވިދާޅުވީ ޓިކްޓޮކްގައި ގެއްލުންދެނިވި މަޢުލޫމާތު ހުއްޓުވުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތާމެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަނުޖެހޭ ކަމަށެވެ. ނަމަވެސް، މި މައްސަލަ ހައްލުކުރުމަށް އިދާރާތަކާއެކު މަސައްކަތްކުރުމުގެ ފުރުޞަތު އެ ކުންފުންޏަށް ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އުމުރު ކަށަވަރުކުރުމުގެ ނިޒާމެއް އޮންނަން ޖެހޭނެ... މިކަން ދިރާސާކުރުމަށް އަޅުގަނޑުމެން ޓިކްޓޮކް އަދި މެލޭޝިއާގެ މުވާޞަލާތާއި މަލްޓިމީޑިއާ ކޮމިޝަނާއި ފުލުހުންނަށް ދޫކޮށްލާނަން" ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ބުނީ އިދާރާތަކުން އެކްސް އަދި މެޓާގެ ޕްލެޓްފޯމުތަކުގެ ރިޕްރެޒެންޓޭޓިވްސްއާވެސް ބައްދަލު ކުރާނެ ކަމަށެވެ.
މެލޭޝިއާއިން މިގޮތަށް ސޯޝަލް މީޑިއާ ރެގިއުލޭޓުކުރަން ނިންމާފައި މިވަނީ އޮންލައިން ކޮންޓެންޓުތަކުގައި ގެއްލުންދެނިވި އަދި ކުޑަކުދިންނާ ނުގުޅޭ މައުލޫމާތު ވަރަށް ބޮޑަށް އިތުރުކަމަށް ފާހަގަވުމާ ގުޅިގެންނެވެ.
ޖެނުއަރީއިން ފެށިގެން އެ ގައުމުގައި އާ ގާނޫނަކަށް އަމަލު ކުރަން ފަށާފައިވާއިރު، މި ގާނޫނުގެ ދަށުން 8 މިލިއަނަށްވުރެ ގިނަ ޔޫޒަރުން ތިބޭ ޕްލެޓްފޯމުތަކާއި މެސެޖްކުރުމުގެ ހިދުމަތްތަކުން ވަކި ހާއްސަ ލައިސަންސެއް ހޯދަން ލާޒިމް ކުރެއެވެ. ފަހްމީ ބުނީ މިކަމާ ހިލާފުވެއްޖެ ހާލަތެއްގައި ކުންފުނިތަކަށް އަދަބު ދީ ޕެނަލައިޒް ކުރުމަށްވެސް ފަސްނުޖެހޭނެ ކަމަށެވެ.
މެލޭޝިއާއިން އުމުރާ ނުގުޅޭ 'ގެއްލުންދެނިވި ކޮންޓެންޓު' ކަމަށް ބަލާ ބައެއް ކަންކަމުގެ ތެރޭގައި ޖުވާއާއި، ސްކޭމްތަކާއި، ކުޑަކުދިންގެ ބަދުއަޚްލާޤީ މަންޒަރު އަދި ގްރޫމިންގ އާއި މީހުންނަށް ފުރައްސާރަކުރުމާއި، ނަސްލު އަދި ދީނާ ގުޅުންހުރި މައުލޫމާތު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު