ދައުލަތުގެ އެކިއެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ހަދިޔާގެގޮތުގައި ދޭ ފައިސާގައި ނުހިފޭނެ ކަމަށް ކުރީގެ ބަންޑާރަ ނާއިބު އަދި ގާނޫނީ ވަކީލު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ މިހެން ވިދާޅުވީ މަޖިލީހުގެ ބައެއް މެންބަރުންގެ މާލީ ބަޔާންތައް އާންމުކުރިއިރު، ހަދިޔާގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ލިބިވަޑައިގެންފައި ވާކަމަށް ބަޔާން ކޮށްފައިވާތީއެވެ. އަދި ބައެއް ބޭފުޅުންނަށް އަގުބޮޑެތި މުދަލާއި ފްލެޓާއި ރޯ ހައުސް ހިލޭ ލިބިވަޑައިގެންފައިވާ ކަމަށް މާލީ ބަޔާންތަކުގައި ވާތީ އެވެ.
މި ބަޔާންތަކަށް އިޝާރާތްކުރައްވައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ދިޔާނާ ވިދާޅުވީ ހަދިޔާއާ ރިޝްވަތާ ދެމެދު އޮންނަ ރޮނގު ވަރަށް ހަނިވާނެ ކަމަށެވެ.
"ޤާނޫނުގައި ވަނީ ސަރުކާރުގެ މުވައްޒަފުންނަށް ހަދިޔާގެ ގޮތުގައި ދެވޭ ފައިސާ އަދި ވަކި އަގެއްގެ މަތީގެ އެހެނިހެން ބާވަތްތަކުގެ ހަދިޔާތައް ބަލައިގަތުން މަނާކޮށްފަ،" ދިޔާނާ ވިދާޅުވިއެވެ.
އެހެން ކަމުން ދައުލަތުގެ އެކިއެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް އަގުބޮޑު ހަދިޔާއާއި ހަދިޔާގޮތުގައި ދޭ ފައިސާ ގަބޫލުފުޅެއް ނުކުރެއްވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް މިއަދު އާންމުކޮށްފައި ވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމަށް ހެޔޮއެދޭ ފަރާތްތަކުން 900،000 އަށް ވުރެ ގިނަ ރުފިޔާ ލިބިވަޑައިގެންފައިވާކަން މާލީ ބަޔާނުން ހާމަވެއެވެ.

ކިޔުންތެރިންގެ ހިޔާލު