ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސެކްރެޓަރީން އައްޔަނުކުރުމާއި އެ މަޤާމުގެ މަސްއޫލިއްޔަތުތައް ކަނޑައެޅުމާ ބެހޭ އުޞޫލެއް އެކުލަވާލައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އެ އުޞޫލު އާންމުކޮށްފިއެވެ.
ޕީސީބީން މި އުޞޫލު އެކުލަވާލައިފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސެކްރެޓަރީންނަކީ އެ މަޤާމަށް އެކަށޭނަ ޤާބިލު ބަޔަކަށް ހެދުމަށާއި، މަޤާމުގެ މަސްއޫލިއްޔަތުތައް އެއްހަމަކުރުމަށާއި، މަޤާމަށް މީހުން ނެގުމާއި ވަކިކުރުމުގެ އުޞޫލުތައް އެއް މިންގަނޑަކަށް ގެނައުމުގެ މަޤްޞަދުގައެވެ.
މި އުޞޫލުގެ ދަށުން ކޮންމެ ކުންފުންޏެއްގައިވެސް ކުންފުނީގެ ސެކްރެޓަރީގެ މަޤާމެއް އުފައްދަންޖެހޭނެއެވެ. އަދި މި މަޤާމަށް މީހުން އައްޔަނުކުރަންވާނީ ކުންފުނީގެ ޤާނޫނާއި ހިންގާ ޤަވާއިދާއި އުޞޫލާ އެއްގޮތްވާ ގޮތުގެ މަތިން ޑިރެކްޓަރުންގެ ބޯޑުންނެވެ.
އުޞޫލުގައިވާ ގޮތުން، ސެކްރެޓަރީކަމުގެ މަޤާމަށް އައްޔަނުކުރެވޭ ފަރާތްތަކުން މަޤާމާ ހަވާލުވާތާ 6 މަސްދުވަހުގެ ތެރޭގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ފަރުމާކޮށްފައިވާ ކުންފުނީގެ ސެކްރެޓަރީގެ ތަމްރީން ޕްރޮގްރާމް ފުރިހަމަކުރަންޖެހެއެވެ. އަދި އަހަރަކު އެއްފަހަރު ސެކްރެޓަރީގެ މަސައްކަތުގެ ފެންވަރު ވަޒަންކުރަންޖެހޭނެއެވެ.
ސެކްރެޓަރީންގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުންފުނި ހިންގަނީ ޕީސީބީގެ އިތުރުން އެހެނިހެން ރެގިއުލޭޓަރީ އިދާރާތަކުގެ އުޞޫލުތަކާ އެއްގޮތަށްތޯ ބެލުމާއި، އެކަންކަމާ ގުޅޭގޮތުން ބޯޑު މެންބަރުންނަށް ލަފަޔާއި އިރުޝާދު ދިނުން ހިމެނެއެވެ. މީގެ އިތުރުން ކުންފުނިން ތަބާވާންޖެހޭ ރެގިއުލޭޓަރުންނާއި މޮނިޓަރިން އިދާރާތަކުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ އެއްބާރުލުން ދިނުންވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު