ފެންވަރު ރަނގަޅު ޢިލްމީ ހިޔާވައްސަކަށް ޤައުމީ ޔުނިވަރސިޓީ ވުމަކީ އަބަދުގެ ދުޢާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީއަށް 52 އަހަރު ފުރުމާ ގުޅިގެން ތަހުނިޔާ ވިދާޅުވެ މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.
އެގޮތުން ރައީސް މިއަދު ވިދާޅުވީ މިއުފާވެރި އަހަރީ ދުވަހު އެ މަނިކުފާނުގެ ދުއާއަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ދުވަހަކަށްވުރެ ދުވަހެއް ކާމިޔާބު ހޯދުން ކަމަށެވެ. އަދި ފެންވަރު ރަނގަޅު އިލްމީ ހިޔާވައްސަކަށްވުން އެދޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އޭގެއިތުރުން ރައީސް ވަނީ، ގައުމީ ޔުނިވާސިޓީގެ ހީވާގި ޓީމަށާއި ލޮބުވެތި ދަރިވަރުންނަށް އަހަރީ ދުވަހުގެ މަރުހަބާ އާއި ތަހުނިޔާ ފޮނުއްވާފައެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ރަސްމީކޮށް އެންމެ ފުރަތަމަ ހުޅުވާފައި ވަނީ 1973 ސެޕްޓެމްބަރު އެއްވަނަ ދުވަހު އެވެ. އެ ތާރީހުން ފެށިގެން މެދު ކެނޑުމެއްނެތި އެ ޔުނިވާސިޓީއިން ދަނީ ތައުލީމީ ހިދުމަތްތައް ފޯރުކޮށް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު