ރާއްޖޭގެ ރަށަކަށް ދޯއްޏެއްގައި ބަޔަކު ދަތުރުކުރަނީ: ބޭސްފަރުވާ އަށް އެ ނޫން ބޭނުންތަކަށް ކައިރި ރަށްރަށާއި ދުރު ރަށްރަށައް ގިނަ ބަޔަކު ދަތުރުކުރޭ
ރާއްޖޭގެ ރަށަކަށް ދޯއްޏެއްގައި ބަޔަކު ދަތުރުކުރަނީ: ބޭސްފަރުވާ އަށް އެ ނޫން ބޭނުންތަކަށް ކައިރި ރަށްރަށާއި ދުރު ރަށްރަށައް ގިނަ ބަޔަކު ދަތުރުކުރޭ
ދާދި މިދާކަށް ދުވަހަކު އަޑުއިވުނީ އއ. މަތިވެރިން ސަތޭކައެއްހާ ރައްޔިތުން ބޭސް ފަރުވާއަށް ފުރައިގެން ކުޅުދުފުއްޓަށް ދިޔަ ޚަބަރެވެ. މިއީ ފަހުގެ ތާރީހެއްގައި ބޭސްފަރުވާއަށް ރާއްޖޭގެ ރަށަކުން ފުރައިގެން މާލެނޫން ރާއްޖޭގެ އެހެން ރަށަކަށް މިހާގިނަ އަދަދެއްގެ ބަޔަކު ދިޔަ ފުރަތަމަ ފަހަރެވެ. އާންމުގޮތެއްގައި އަޅުގަނޑުމެންނަށް އަޑުއިވެނީ މާލެއަށް ނުވަތަ އަވައްޓެރި އިންޑިޔާއަށް ބޭސްފަރުވާއަށް ދާ ޚަބަރެވެ. މިކަމުގައި ސުވާލު އުފެދެނީ ކޮން ގޮތަކަށް ހެެއްޔެވެ. އެ ރައްޔިތުން މާލެ އައުމުގެ ބަދަލުގައި ކުޅުދުފުށި ޚިޔާރުކުރީ ކީއްވެ ހެއްޔެވެ؟

މާލެއަށްވުރެ ކުލީގެ އަގާއި ދިރިއުޅުމުގެ އަގު ހެޔޮވާނެތީ ހެއްޔެވެ؟ ނުވަތަ މާލޭގައި ކޮރޯނާ ވައިރަސް ފެތުރޭތީ މާލެފަދަ މީހުން ބައިބޯ ތަނެއްގައި ތޮށްޖެހިގެން ބޭސް ފަރުވާގެ ކަންކަން ކުރުމަށްވުރެ ކުޅުދުފުށި އަމާންވެ އޮމާން ވާނެތީ ހެއްޔެވެ؟ ނުވަތަ މާލެފަދަ ނުރައްކާތެރި ކުށުގެ ވެއްޓެއް އޮތް ތަނެއްގައި ލޯބިވާ އަނބިދަރިންނަށް އަމާންކަމެއް ނުވަތަ ރައްކާތެރިކަމެއް ނޯންނާނެތީ އެސަބަބާ ހުރެ ހެއްޔެވެ؟ ނުވަތަ މީހުންގެ ސަމާލުކަން ހޯދަން ނުވަތަ މަތިވެރީގައި އެރައްޔިތުންނަށް އެކަށޭނަ ސިއްޙީ ހިދުމަތްދޭނެ ނިޒާމެއް ޤާއިމް ވެފައި ނެތުމުން ވަކި ބަޔަކު ގޯސްކުރުމުގެ ބޭނުމުގައި ކުރި ކަމެއް ހެއްޔެވެ؟

މިހިރީ ހައްތަހާވެސް އަޅުގަނޑުގެ ހިތުގައި އުފެދުނު ސުވާލުތަކެވެ. ކޮންމެ ގޮތަކަށް ވިސްނިޔަސް އެ ރައްޔިތުން އެކުރި ކަމަކީ ރަނގަޅުކަމެއް ކަމުގައި އެބަ ބެލެވެއެވެ. ޒަމާނުއްސުރެން އަބަދުވެސް އަޅުގަނޑުމެން ދިވެހިން ދައްކަމުން އަންނަ އެއްވާހަކަތަކެއް އެބައޮތެވެ. މާލޭގެ ދިރިއުޅުމުގެ އަގޮބޮޑުވާހަކައެވެ. ހިދުމަތްތަކުގެ އަގުބޮޑު ވާހަކައެވެ. އެއްވެސް އަމާންކަމެެއް ނެތްވާހަކައެވެ. މިސަބަބު ތަކަށް ވިސްނާލިޔަސް މާލެއަށްވުރެ ކުޅުދުފުށި ރަނގަޅެވެ. އިންޑިޔާ އަށްވުރެ ކުޅުދުފުށި ރަނގަޅެވެ.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ދިވެހިރާއްޖެފަދަ ތަރައްޤީ ވަމުންއަންނަ މީސްކޮޅު މަދު ޤައުމެއްގައި ދިވެހިން ބޭސްފަރުވާއަށް ފުރައިގެން އިންޑިޔާއަށް ދާންޖެހޭ ޖެހުމަކީ ލަދުވެތި ކަމެކެވެ. އިންޑިޔާއިން ދޭ ކޮންމެ ޚިދުމަތަކަށް މިތަނުގެ އާބާދީގެ ނިސްބަތަށް ބަލާ އެޚިދުމަތްތައް ނުދެވެންވީ އެއްވެސް ސަބަބެއް ނުވިސްނެއެވެ. ފަހަރުގައި އެއީ ބަޔަކު އެގޮތަށް އެކަން ކުރަން މަޖުބޫރުކުރާތީ މިއަދާހަމައަށް ބަދަލުނުވެ އޮތް ކަމެއް ކަމުގައި ވެދާނެއެވެ. ދެން އުފެދޭ ސުވާލަކީ އއ މަތިވެރިން ފުރައިގެން ކުޅުދުފުއްޓަށްދިޔަ މަތިވެރީގެ ރައްޔިތުން އެބޭނުންވާ ސިއްޙީ ހިދުމަތްތައް އެރަށުން ލިބޭނެތޯ ނުލިބޭނެތޯ އުފެދޭ ސުވާލެވެ.

ޝައްކެއްވެސް ނެތެވެ، މާލެ ސަރަހައްދުން ނުލިބުނު ސިއްޙީ ޚިދުމަތެއް ކުޅުދުފުށްޓަކުން ނުލިބޭނެއެވެ. އެކަމަކު މާލެއިން ލިބޭ ހިދުމަތްތައް މާލެއަށްވުރެ ކުޑަ އަގެއްގައި ކުޅުދުއްފުށިން ލިބުމަކީ ބޮޑު ފައިދާއެކެވެ. އަމުދުން މިފަދަ ދަތި ދުވަސްވަރެއްގައެވެ. ނަމަވެސް އެކަން އެގޮތުގައި ވާން އެއްވެސް ސަރުކާރަކުން ޙަޤީގަތުގައި ނޭދޭނެއެވެ. އެއީ މާލެސަރަހައްދަށް ނުލިބުނުމޮޅެއް އެހެން ރަށަކަށް ލިބުމަށް އެއްވެސް ސަރުކާރަކުން ހަގީގަތުގައި ނޭދެތީއެވެ. ނުވަތަ މާލޭ ބޭފުޅުންގެ ޖީބަށް ލުއިވުމަކީ ބަލައި ގަނެވޭކަމަކަށް ނުވާނެތީއެވެ.

އެކަމަކުވެސް އެ ރައްޔިތުން އެކުރީ އަޅުގަނޑުގެ ވިސްނުމުން ރަނގަޅުކަމެކެވެ. މާލެ ނޫން އެހެން ގޮތެއް ފެނޭތޯ ދަތުރެއް ފެށީއެވެ. ހަމަ ގައިމުވެސް ޔަޤީންވާ ކަންކަމަކީ މާލެއަށްވުރެ ކުޅުދުފުށި ހިތްގައިމު ކަމެވެ. އަމާން ކަމެވެ. ތަކެތީގެ އަގާއި ދިރިއުޅުމުގެ ކުލީގެ އަގު އެތައް ގުނައެއް ކުޑަކަމެވެ. މާލޭގެ މަހުޖަނު ބޭފުޅުންނަށް ފައިސާ ދިނުމަށްވުރެ ރަށްފުށުގެ އާއިލާ ތަކަކަށް އެއްޗެއް ލިބުން މާބޮޑަށްވެސް ރަނގަޅެވެ. ދިވެހި ރައްޔިތުން ބޭނުންނަމަ ދިވެހި ރާއްޖޭގެ މިފަދަ ކިތައްމެ ކަމެއް ހެޔޮމަގަށް އެޅުވޭނެއެވެ. ދެން އޮތީ އެދަތުރުވެރިންގެ ޚިޔާލު އެހުމެވެ. މާލެނޫންގޮތެއް ހޯދަން އެރައްޔިތުން އެކުރި ދަތުރު ނިމޭނެ ގޮތަކާ ދުވަހަކަށް އިންތިޒާރު ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު


-1

ހައްހައްހާ

24-Nov-2020

ކުޅުދުއްފުއްޓަށް އެކަންޏެއްނޫން.. ލ. ގަމަށް އަދި ފ.ނިލަންދޫއަށް ވެސް ގޮއްސި އެތައް ބަޔަކު ބޭސްފަރުވާ ހޯދަން. މާލެ ސަރަހައްދު އެކަނި ތަރައްޤީ ކުރުމުގެ ބަދަލުގައި, ރާއްޖޭގެ ގިނަ ރައްޔިތުންނަށް ޚަރަދަށް ބެލިޔަސް ލުއިފަސޭހަވާނެ, އަތޮޅު ތެރޭގެ އެކި ސަރަޙައްދުތަކުގައި މާލެއެކޭ އެއްފެންވަރަށް ނޫނީ އެއަށްވުރެވެސް ރަނގަޅަށް ހޮސްޕިޓަލް ފަދަ ތަންތަން ތަރައްޤީ ކުރީމާ.


1

މަތިވެރި މީހާ

22-Sep-2020

މާލެ ނޫން އެހެން ގޮތެއް ބޭނުން ވިޔަ ނުދޭން މާލޭ މަހުޖަނުން ކުރާ މަސައްކަތުގެ ނޭދެވޭ އަސަރު މީ


6

ރ

22-Sep-2020

އަސްލު ރާއްޖޭގެ ވަރަށް ގިނަރަށައްދެވިޖެ އެންމެ އާދަޔާ ހިލާފް ކަމަކަށް ފެނުނީ ފުލުހުންގެ ހިދުމަތް އެހެން ރައްރަށަށް ވުރެން ރަނގަޅުކަން.ފުލުހުން ވާހަކަ ދެއްކުމާ އަދަބު ވެރިކަން ވަރައްތަފާތު ދެން ހީކުރެވުނީ ފުލުހުން ވީމަ ރަނގަޅިއްޔޭ ދެން ފިހާރަތަކުގެ ސޭޓުން ގޮތުގަ ތިބި މީހުންވެސް ހަމަ ހިތްހެޔޮ ކަން ފާހަގަވި ފަރިރީތި ކިޔާ ފިހާރައެއްފިޔަވާ ބޮޑެތި ހުރިހާފިހާރައެއްގަ ތިބީ ދިވެހިން ކަން ފާހަގަ ކުރެވުން ހޮސްޕިޓަލް މުވައްޒަފުން ގެ ހެޔޮކަމާއި ނަރުހުންނާއި ޑޮކްޓަރުން ގެ އޯގާތެރިކަން ވެސް ވވ ރަނގަޅު ޓެކްސީ ޑްރައިވަރުން ވެސް ރަނގަޅު އަދި ވަރަށް މަޖާ ރައްޓެހި އެކުވެރި ބައެއް އުޅެނީ އަދުގެ ސަރުކާރުން އަޅާލާނަމަ މާލެ ނޫން އެހެން ގޮތެއް ހޯދިދާނެކަމުގެ ނަމޫނާ ރަށެއް ކުޅުދުއްފުއްޓަކީ