ދިވެހިންގެ ހަށިގަނޑުގައި ޖަހާ ކޮންމެ ވިންދެއް ހަނދާން ކޮށްދެނީ ބަތަލުންގެ ހިތްވަރު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި މީސް މީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ބޮޑުތަކުރުފާނުގެ އަގުހުރި ޤައުމީ ޖިހާދުގެ ނަޞްރާއި ކާމިޔާބީއަށް 466 އަހަރު މިއަދު ފުރުނު އިރު، އެ ޒިކުރާތަކާއި އެ ހޯއްދެވި ފަޚުރާއި ޝަރަފް ދިވެހީންގެ ހިތްތަކުގައި ދަނީ ތާޒާކަމާއެކު ދިރެމުން ކަމަށެވެ.
“ދިވެހީންގެ ހަށިގަނޑުގައި ޖަހާ ޤައުމީ ވިންދު އަބަދުވެސް ހަނދާންކޮށްދެނީ، މި ޤައުމުގެ ޙައްޤުގައި ޖިހާދުކުރެއްވި އަގުހުރި ބަޠަލުންގެ ޢަޒުމާއި ހިތްވަރުން ޢިބްރަތް ޙާޞިލްކުރުމަށް.” ރައީސް ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު ރައީސް ވިދާޅުވީ، ދިވެހިންނަކީ އަބަދުވެސް ޤައުމުދެކެ ލޯބިވާ، ޤައުމިއްޔަތާއި މިނިވަންކަން ދަމަހައްޓާ ބައެއްގެ ގޮތުގައި ދެމިތިބޭނެކަމުގެ ޢަޒުމު އާކުރަށްވާ ކަމަށެވެ.
ރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަނީ، އައްސުލްތާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އާ ކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރަބީއުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ.
އެއީ މީލާދީ ސަނަތުން 1558ން 1573އަށް ޕޯޗުގީޒުން ރާއްޖޭގައި ހިންގި އަނިޔާވެރި ވެރިކަމަށް ބޮޑުތަކުރުފާނާއި އެތަކުރުފާނުގެ ބައިވެރިން ނިމުމެއް ގެންނަވައި ދިވެހި ޤައުމު ސަލާމަތްކޮށްދެއްވި ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު