އއ. މާޅޮހުގައި ހުއްޓިފައިވާ މަޝްރޫޢުތައް ފައްޓަވައިދެއްވުމަށް އެރަށު ކައުންސިލުން ރައީސް ޑރ. މުހައްމަފު މުއިއްޒުގެ އަރިހުގައި އެދިއްޖެއެވެ.
ރައީސް މުއިއްޒު އއ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ މާޅޮހު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.
މާޅޮހު ކައުންސިލް އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ހުއްޓިފައިވާ ސްކޫލް މަޝްރޫޢު އަދި ފުޓުބޯޅަ ދަނޑުގެ މަސައްކަތް އަވަހަށް ފައްޓަވައިދެއްވައި، ޞިއްހީމަރުކަޒުގެ އިމާރާތުގައި މިހާރުހުރި ގޮންޖެހުންތަކަށް ހައްލެއް ބޭނުންވާކަން ވަނީ ފާހަގަކުރައްވާފައެވެ.
އަދި ރަށުގައި ލޯކަލް ޓޫރިޒަމް ތަރައްޤީކުރުމުގައި ހުރި ގޮންޖެހުންތައް ޙިއްޞާކުރައްވައި އެކަމުގައި ސަރުކާރުގެ އެހީތެރިކަން ބޭނުންވާ ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު