71 ރަށެއްގައި އައުޓްޑޯ ޖިމް އެޅުމަށް ކުޅިވަރާބެހޭ ވުޒާރާއިން އެޗްޑީސީއާ ހަވާލު ކޮށްފިއެވެ.
އިއްޔެ މީރުމާގޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަބްދުﷲ ރާފިއު އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރެވެ.
ކުޅިވަރާބެހޭ ވުޒާރާއިން ބުނީ، މި މަޝްރޫއަކީ ސަރުކާރުން ރާއްޖޭގެ ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ހިންގާ މަޝްރޫއެއް ކަމަށެވެ. އެގހޮތުން މިފަހަރު ހަވާލުކުރެވުނު 71 ރަށާއެކު، މިހާތަނަށް ޖުމްލަ 102 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ މަސައްކަތް ވަނީ ހަވާލު ކޮށްފައެވެ.
ހަމައެއާއެކު ކުޅިވަރު ވުޒާރާއިން ބުނީ މިއަހަރާއި އަންނަ އަހަރު އިތުރު 41 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ މަސައްކަތް ހަވާލު ކުރެވިގެންދާނެ ކަމަށެވެ.
އައުޓްޑޯ ޖިމް އެޅުމަށް އެޗްޑީސީއާ ޙަވާލު ކޮށްފައިވާއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ޤާއިމު ކުރަށްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު