އައު ސީޒަނަށް ތައްޔާރުވުމަށް ބޮޑު އިވެންޓެއް ބޭއްވުމަށް ތައްޔާރުވަމުންދާކަމަށް ދިވެހި ފުޓުބޯޅައިގެ ރަސްގެފާނު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ހާމަކޮށްފިއެވެ.
ރަސް އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ނިއުގެ އިސް އޮފިޝަލަކު ވިދާޅުވީ، ނިއުގެ އަމާޒަކީ ކުރިއަށް އޮތް ފުޓްބޯޅަ ސީޒަންގައި އެޓީމުގެ އަސްލު މަޤާމު ހިފެހެއްޓުން ކަމަށެވެ. އަދި ސަޕޯޓަރުންގެ ހިތްހަމަޖެހޭވަރުގެ ރަނގަޅު ނަތީޖާއެއް ނެރުމަށް މެނޭޖްމަންޓުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ނިއުގެ ޗެއަރމަން އަޙްމަދު މުބީން މީސްމީޑީއާގައި ޙިއްސާކުރަށްވާފައިވާ މެސެޖެއްގައި ވިދާޅުވެފައިވަނީ، އަންނަ ހަފްތާގައި ނިއުގެ ބޮޑު އިވެންޓެއް އޮންނާނެ ކަމަށާއި، އެ އިވެންޓުގައި ބޮޑެތި ކަންތައްތަކެއް ފެނިގެންދާނެ ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މުބީން އިޝާރާތް ކުރަށްވާ އިވެންޓްގައި ފުރަތަމަ ޑިވިޝަންގެ މުހިންމު ކުޅުންތެރިންތަކެއް ނިއުގެ ސްކޮޑާއި ގުޅޭނެއެވެ.
މުބީން މިހެން ވިދާޅުވެފައިވާއިރު ނިއުރޭޑިއަންޓްގެ އަސްލު މަޤާމަށް ޓީމު ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް މެނޭޖްމަންޓުން ކުރަމުން އަންނަ ކަމަށާއި ނިއުގެ ސްކޮޑަށް ބަލާލުމުން އެކަން ކަށަވަރުވާނެ ކަމަށް މުބީން މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ދާދިފަހުން ނިއު އިން ވަނީ އެކްލަބްގެ ވައިސް ޗެއަރގެ މަޤާމަށް، މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހަންމަދު ލައްމާން އަޔަން ކޮށްފައެވެ.
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ދިވެހި ފުޓްބޯޅައިގެ ތާރީހުގައި ގިނަގުނަ ކާމިޔާބީތައް ހޯދާފައިވާ ކްލަބެކެވެ. އެގޮތުން ދިވެހި ޕްރިމިއަރ ލީގާއި، އެފް.އޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ފަދަ މުބާރާތްތަކުން ތަށިތައް ހޯދާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު