މީގެ ހަ އަހަރު ކުރިން ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ތަހުގީގަށް ހިފެހެއްޓި ފައިސާތަކެއް ގެއްލުނު މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ހުށަހެޅުނު މައްސަލައަކާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ހިފެހެއްޓި ފައިސާގެ ޖުމްލައިގެ ފަރަގެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން 30،000 ޑޮލަރުގެ ފަރަގެއް ފާހަގަވެފައިވާތީ އެ މައްސަލަ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ބަލަމުންދާކަމަށް ވަނީ ބުނެފައެވެ.

އޭގެ އިތުރުން އެ ފައިސާ ބަހައްޓާފައިވާ ތަނުން، ކޮތަޅެއްގެ ތެރެއިން ހަލާކުވެފައިވާ ނޫޓުތަކެއް ވެސް ފެނިފައިވާތީ، ފޮރެންސިކް ފުލުހުން މެދުވެރިކޮށް އެކަން ވެސް ބަލަމުންދާ ކަމަށް ވަނީ ބުނެފައެވެ.

ނަމަވެސް، މި ފައިސާތައް ހިފަހައްޓާފައިވަނީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ނުބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު