ތަރައްޤީގެ މަޝްރޫޢުތައް ހިންގަނީ ވެރިންގެ ޖީބުން ނޫން ކަމަށާއި، ރައްޔިތުން ދޭ ލާރިން ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެއެވެ.
އޮންލައިން ޕޮޑްކާސްޓެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން އުއްޗު ވިދާޅުވީ، ރާއްޖެ އުފެދިފައި އޮންނަ ގޮތުން ދަތުރުފަތުރު ކުރުމަކީ ދަތިކަމެއް ކަމަށެވެ. އަދި ރާއްޖެ އެއްފަސްގަނޑަކަށް ނޯންނާތީ، ރައްޔިތުންނަށް ބޭނުންވާ ކަންތައް ކޮށްދޭން ގިނަ ހަރަދާއި ވަގުތު ހިނގާ ކަމަށް އުއްޗު ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވުމަކީ ޑޮލަރުގެ އާމްދަނީއަށް އޭގެ އަސަރު ކުރާ ކަމެއްކަމަށް އުއްޗު ވިދާޅުވިއެވެ. އެހެން ނަމަވެސް މަޝްރޫޢުތައް ހިންގަނީ ރައްޔިތުންގެ ލާރިންކަން އުއްޗު ފާހަގަ ކުރެއްވިއެވެ.
“އަންނަ ކޮންމެ ވެރިއެއްގެ ޖީބަކުން ނޫން ހަރަދު ކުރަނީ. ރައްޔިތުން ދޭ ލާރިއަކުން ކުރަނީ.” އުއްޗު ވިދާޅުވިއެވެ.
އޭގެ އިތުރުން އުއްޗު ވިދާޅުވީ އެހެން ޤައުމުތަކަކީ އެއްބައްރަކަށް އޮންނަ ތަންތަނަށް ވާތީ، އެތަންތަނުގައި އެއްގަމުގައި ދުއްވާފައި ގޮސް ހުރިހާ ކަމެއް ނިންމާލެވޭ ކަމަށެވެ. ނަމަވެސް ރާއްޖެ އުފެދިފައި އޮތް ގޮތުން ކޮންމެ ކަމެއްވެސް ނިންމެނީ ވަރަށް މަސައްކަތުން ކަމަށް އުއްޗު ވަނީ ވިދާޅުވެފައެވެ.
“އެ ތަންތަނުގައި އެ މީހުންގެ އަމިއްލަ ލަކުޑި އާއި ހުރިހާ އެއްޗެއް އެބަހުރި. ހިލަ އާއި ހިލަވެއްޔާއި ދަގަނޑާ ހުރިހާ އެއްޗެއް އެބަހުރި. މިތަނަކު ނެތް.” އުއްޗު ވިދާޅުވިއެވެ.
ރޭގެ ޕްރޮގްރާމްގައި އުއްޗު ވަނީ، ލޯނު ދެއްކުމަށާއި މަޝްރޫއުތައް ހިންގުމަށާއ ރައްޔިތުންގެ އަމިއްލަ ބޭނުންތަކަށް ޑޮލަރު ބޭނުންވާތީ ޑޮލަރުގެ އަގު ހަމައަކަށް އެޅުވޭނެ ހަމައެކަނި ގޮތަކީ ވެރިކަމުގެ ދައުރު ދަންމާލުން ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު