ޑޮލަރުގެ މައްސަލަ ހައްލުވާނީ ރިޔާސީ ދައުރު ދަންމާލައިގެން ކަމަށާއި، ރާއްޖެއަށް ފަސް އަހަރުގެ ރިޔާސީ ދައުރެއް ކުރު ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެއެވެ.
އޮންލައިން ޕޮޑްކާސްޓެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން އުއްޗު ވިދާޅުވީ، ދުނިޔޭގެ ނިސްބަތުން ރާއްޖެއަކީ ގިނައިން ޑޮލަރު ލިބޭ ގައުމެއް ކަމަށެވެ. ނަމަވެސް ރާއްޖެ އުފެދިފައިވާ ގޮތުން ރާއްޖެއަކީ ކޮންމެ ކަމެއް ކުރަން ބެލި ނަމަވެސް އޮޕަރޭޝަނަލް ކޮސްޓް ބޮޑު ޤައުމެއްކަން އުއްޗު ފާހަގަ ކުރެއްވިއެވެ.
“ރާއްޖެ އަކީ ޑޮލަރު ވާރެ ވެހޭހެން ވެހޭ ތަނެއް މުޅި ދުނިޔޭގެ ނިސްބަތުން. އެކަން އެންމެންވެސް ގަބޫލުކުރަން ޖެހޭނެ. އެކަމަކު އަޅުގަނޑުމެންގެ 200 އެތައް ރަށެއްގައި ރައްޔިތުން އެބަ އުޅުއްވާ. ކޮންމެ ރަށަކަށް ކޮށްދޭން ޖެހޭ އެބަ ހުރިހާ ކަންތައްތަކެއް. އެހެންވީމާ ހަރަދުތަކެއްވެސް ހިނގާނެ.” އުއްޗު ވިދާޅުވިއެވެ.
އުއްޗު ވިދާޅުވީ، އާބާދީ ކުޑަ ނަމަވެސް ރާއްޖެ އަކީ ކުޑަ ޤައުމެއް ނޫން ކަމަށެވެ. އަދި ރައްޔިތުން ބުންޏަސް ނުވަތަ ނުބުންޏަސް ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންތައްތައް ކުރުމަށް ލޯނު ނަގަން ޖެހޭ ކަމަށާއި، މި ހުރިހާ ކަމެއް ކުރަން ވެސް ބޭނުން ވަނީ ޑޮލަރު ކަމަށް އުއްޗު ވިދާޅުވިއެވެ. އެހެންކަމުން ޑޮލަރަށް އޮތް ޑިމާންޑަށް ޙައްލެއް ލިބޭނީ ވެރިކަމުގެ ދައުރު ދަންމާލައިގެން ކަމަށް އުއްޗު ވަނީ ވިދާޅުވެފައެވެ.
“އެހެންވީމާ މުއްދަތު މާ ކުޑައީ ވެރިންނަށް. ކޮންމެ ވެރިއަކު ހުއްޓަސް. އެހެންވީމާ އެންމެ މަދުވެގެން ވެސް 10 ވަރަކަށް، 15 ވަރަކަށް އަހަރު ވެރިއަކަށް ލިބިގެން ނޫނީ ނުކުރެވޭނެ މި ކަމެއް.” އުއްޗު ވިދާޅުވިއެވެ.
އޭގެ އިތުރުން އުއްޗު ވިދާޅުވީ މިހާރުގެ ޙާލަތަށް ބަލާއިރު ރާއްޖޭގައި ޑޮލަރަށް އޮންނަ ޑިމާންޑު ބޮޑުކަމަށެވެ. އެހެންކަމުން ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އުއްޗު ވަނީ ވިދާޅުވެފައެވެ.
އުއްޗު މިހެން ވިދާޅުވެފައިވާއިރު، ގާނޫނު އަސާސީ ބުނާގޮތުން ރާއްޖޭގައި ވެރިކަމުގެ ދައުރަކީ ފަސްއަހަރުގެ މުއްދަތެކެެވެ. ގާނޫނު އަސާސީގައި މިހާރު އޮންނަގޮތުން އެއް ރައީސަކަށް ވެރިކަން ކުރެވޭނީ ދެ ދައުރެވެ. އެއީ 10 އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު