ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)
މިސަރުކާރުގެ ބަހާއި ޢަމަލު ދިމާނުވާ ކަމަށާއި، އެކަމަށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި މަޖިލީހުގެ މެންބަރުންނަށްވެސް ހުރަސްތައް ކުރިމަތިވަމުން ދާކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު ފިއްޓޭ މިއަދު ވިދާޅުވީ، ފިކުރީ މުދާ ރައްކާތެރި ކުރާ ވާހަކަ ދައްކާއިރު. ޤައުމުގެ ކަންކަން މިއަދު އޮތީ ހަރުމުދާވެސް ރައްކާތެރިކުރަން ޖެހޭ ޙާލަތުގައި ކަމަށެވެ.

ރަށްރަށުގައި މަޝްރޫޢުތައް ހުއްޓިފައިވާ ކަމަށާއި، އަދި އެކަން އެގޮތަށް ވެފައިވަނީ ބަޖެޓް ނެތުމުން ކަމަށް އަޑުއިވޭ ކަމަށް ޒިޔާދު ވިދާޅުވިއެވެ. ނަމަވެސް ނޫސްތަކުގައި އޮންނަނީ ސާޕްލަސް ބަޖެޓެއްގެ ވާހަކަ ކަމަށްވެސް މެންބަރު ޒިޔާދު ވިދާޅުވެފައިވެއެވެ. އަދި ދައުލަތުގައި ފައިސާހުރިނަމަ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަ ކޮށްދޭން ޖެހޭކަމަށް ޒިޔާދު ވިދާޅުވިއެވެ.

ހަމައެއާއެކު މެންބަރު ޒިޔާދު މިއަދު ވިދާޅުވީ، ކޮންމެ އޮފީހެއްވެސް އުފެދެނީ ކޮންމެވެސް ވަޒީރެއްގެ ޒިންމާގެ ދަށުން ކަމަށްވާއިރު، އެކިކަންކަމުގައި ސަރުކާރުގެ ވަޒީރުން މަޖިލީހަށް ހާޒިރުކުރަން ޖެހޭ ޙާލަތްތަކުގައި މަޖިލީހުން އެކަމާ ފަސްޖެހުމަކީ ދެރަކަމެއް ކަމަށެވެ.

“ނޫސްތަކުގައި އޮންނަނީ ސާޕްލަސް ބަޖެޓެކޭ. ކަރަންޓު ހުންނަނީ ދެދުވަހުން އެއް ދުވަހު ހަމައަށް. އެ ހިސާބުގައި ޤައުމު އޮތްއިރު މަޖިލީހުގެ ޒިންމާ ވަރަށް ބޮޑު.” މެންބަރު ޒިޔާދު ވިދާޅުވިއެވެ.

މެންބަރު ޒިޔާދުގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ޕީއެންސީގެ ޕީޖީ ލީޑަރ ފަލާޙް މިއަދު ވިދާޅުވީ، އެމްޑީޕީން މަސައްކަތް ކުރަނީ ރައްޔިތުންނަށް ވަޒީރުން ދޭ ހިދުމަތްތަކަށް ހުރަސް އަޅައިގެން ސިޔާސީ މަސައްކަތް ކުރުވުމަށް ކަމަށެވެ.

ނަމަވެސް މި ސަރުކާރުން މަސައްކަތްތައް ކުރަމުން ދާނީ ރައްޔިތުންނާއިއެކު މަޝްވަރާކޮށްގެން ކަމަށް ފަލާހު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު