ސިފައިންނަށް ހާއްސަކޮށް​ގެން އިމާރާތް ކޮށްފައިވާ ސިފްކޯ ފުލެޓަކުން ޑްރަގް ފެނުނު މައްސަލާގައި މީހަކު ހައްޔަރު ކޮށްފިއެވެ.

އެ މައްސަލާގައި ހައްޔަރުކުރީ 23 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން އޭނާ ހައްޔަރު ކުރުމަށްފަހު މިއަދު ވަނީ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކޮށްފައެވެ. ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

އޭނާގެ މައްޗަށް މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތު ފުލުހުން ކުރެއެވެ.

ކޯޓު އަމުރުގައި ބުނީ އޭނާ ދިރިއުޅޭ ފްލެޓާއި އޭނާއާ ގުޅުންހުރި އިތުރު ތަނަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެ ތަކެތި ބަންދުކުރަން ބޭނުންކުރާ ސާމާނު ފެނިފައިވާކަމަށެވެ. އަދި އެ މައްސަލަ ސާބިތުވާވަރަށް ފުލުހުން ކޯޓަށް ހެކި ހުށަހަޅާފައިވާކަމަށް ވެސް ކޯޓު އަމުރުގައިވެެއެވެ.

ބަންދުގެ މުއްދަތު ޖެހުމުގެ އަޑުއެހުމުގައި އެ މީހާ ވަނީ ސިފްކޯ ފުލެޓުން ފެނުނު މަސްތުވާ ތަކެއްޗަކީ އޭނާގެ އެއްޗެއްކަމަށް އެއްބަސްވެފައެވެ.



ކިޔުންތެރިންގެ ހިޔާލު