މި އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހު ކަރަންޓު ކެނޑުނު މައްސަލައިގާ ފުލުހުންގެ ތަހުގީގުގައި އިބްތިދާއީ ހޯދުންތަކާއި މައުލޫމާތު އެއްކުރެވިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ އެ ދުވަހު ގްރޭޓާ މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލައާއި ގުޅިގެން ތަހުގީގުގެ އިބްތިދާއީ ހޯދުންތަކާއި މައުލޫމާތު އެއް ކުރެވިފައިވާ ކަމަށެވެ. އަދި އެ މައުލޫމާތަށް ބަލައި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

"ތަޙްޤީގު އެއްކޮށް ނިމުމުން ތަޙްގީގުގައި ފާހަގަކުރެވުނު ކަންކަން ހިއްޞާކޮށްދޭނެ ވާހަކަ ދަންނަވަން." ފުލުހުން މީޑިޔާ ތަކަށް ފޮނުވި މެސެޖްގައިވެއެެވެ.



ކިޔުންތެރިންގެ ހިޔާލު