މާލެ ސިޓީ ކައުންސިލުން ކުރާ ހުރިހާ ކަމެއް ކުރައްވާނީ، އެއްވެސް ފޮރުވުމެއްނެތި އެންމެނަށް ހާމަވެ ފެންނަ ގޮތަށްކަމަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރ އާޒިމް މިހެން ވިދާޅުވެފައިވަނީ، މޭޔަރު އޮޑިޓުތައް ނުކުރާ ވާހަކައާއި، ކަންކަން ނުބައްލަވާ ކަމަށް ތުހުމަތުކޮށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަަކަތަކާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ކުރިޔަށް ގެންދާ ޕްރޮޖެކްޓަތަކުގެ އިވެލުއޭޝަން ރިޕޯޓް ކައުންސިލަރުންނަށް ހިއްސާކޮށްފައިވާ ކަމަށް ރެކޯޑްތަކުން ފެންނަން ހުންނާނެ ކަމަށެވެ.
އަދި ކައުންސިލުން ކުރާ އެއްވެސް ކަމެއްގެ ރެކޯޑެއް އަދި މަޢުލޫމާތެއް ވެސް ޢާންމު ރައްޔިތުންނަށް ހާމަނުކޮށް، ހިފެހެއްޓުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށްވެސް ވިދާޅުވިއެވެ.
މޭޔަރ ޢާޒިމް އިތުރަށް ވިދާޅުވީ، އެ އޭނާ މޭޔަރުކަމަށް ވަޑައިގަތީ ދެފުށް ފެންނަ ހާމަކަން ބޮޑުގޮތެއްގައި ކަންކަން ކުރުމަށް ވަޢުދުވެގެން ކަމަށާއި، އެ ވަޢުދާ އެއްގޮތަށް ޢަމަލުކޮށް، އެ ވަޢުދުގެ މަތީގައި ދެމިހުންނަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު