ސަރުކާރުގެ އައިނު ފިހާރައިން މިހާތަނަށް ދޫކުރީ 131 އައިނު ކަމަށް ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން ހާމަކޮށްފިއެވެ.
އައިނު ވިޔަފާރީގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި، އައިޖީއެމްއެޗުގައި އައިނުގެ ވިޔަފާރި ފަށަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިއަހަރު މެއި މަހުއެވެ.
އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ މަގު ރައްޔިތުންނަށް ތަނަވަސްކޮށްދިނުމުގެ ގޮތުން “އެމްސީޖީއެޗް އޮޕްޓިކަލްސް” ގެ ނަމުގައި އައިނު ފިހާރައެއް ސަރުކާރުން ޤާއިމު ކޮށްފައިވަނީ، އައިޖީއެމްއެޗްގައެވެ. ސަރުކާރުން ނިންމާފައިވަނީ، އޮގަސްޓު މަހު ހުޅުމާލެ ހޮސްޕިޓަލުގައިވެސް އައިނު ފިހާރައެއް ހުޅުވުމަށެވެ.
އައިޖީއެމްއެޗުން ބުނީ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ އައިޖީއެމްއެޗް ގައި ސަރުކާރުން ހުޅުވި އައިނު ފިހާރައިން ހިލޭ އައިނު ހައްދަން 1،267 މީހުން ކިއުގައި އެބަތިބި ކަމަށާއި، މިހާތަނަށް ދޫކޮށްފައިވަނީ 131 އައިނު ކަމަށެވެ. އަދި ދުވާލަކު 20 އައިނާއި 30 އައިނާ ދެމެދުގެ އަދަދަކަށް އައިނު ދޫކުރާ ކަމަށް އައިޖީއެމްއެޗުން ހާމަކޮށްފައިވެއެވެ.
އައިޖީއެމްއެޗުން ބުނީ، އެވަރެޖްކޮށް ދުވާލަކު 45 މީހުންގެ ޗެކަޕް ހެދޭ ކަމަށެވެ.
ސަރުކާރުގެ އައިނު ފިހާރައިން ނަންބަރު ނެގުމާއި އައިނުގެ ލެންސް ހެއްދުމުގެ ހުރިހާ ހިދުމަތެއް ލިބިގެންދާނެ ކަމަށާއި، އެތަނުގައި ގާއިމްކޮށްފައިވާ މެޝިންތަކުގެ އެހީގައި ކެޓެރެކްޓް އަދި ލޮލުގެ ޕްރެޝަރު ބެލޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ހަލީމް ވަނީ ވިދާޅުވެފައެވެ. އަދި ހަމަ އެއާއެކު ދުރާލާ ގްލައުކޯމާ އަށް ޑިޓެކްޓު ކުރެވޭނެ ގޮތްވެސް މި މެޝިންތަކުން ފޯރުކޮށްދޭނެ ކަމަށް ހަލީމް ވިދާޅުވެފައިވެއެވެ.
ސަރުކާރުން މިހާރު ވަނީ، އާސަންދައިން މީގެ ކުރިން އައިނު ހެއްދުމަށް ދެމުން އައި 1،000 ރުފިޔާ 2،000 ރުފިޔާއަށް ބޮޑުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު