ކުރީގެ ކުޅިވަރު ވަޒީރުންގެ ޚިދުމަތުގެ އަގުވަޒަންކޮށްފިއެވެ.
ކުޅިވަރު ވަޒީރުންގެ ޚިދުމަތުގެ އަގު ވަޒަން ކޮށްފައިވަނީ، ރާއްޖޭގެ ކުޅިވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ކުރީގެ ކުޅިވަރު ވަޒީރުންގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ހެންވޭރު މީރުމާގައި ބޭއްވި މި ރަސްމިއްޔާތުގައި ވަޒީރުންގެ ގޮތުގައި ތިއްބަވައިގެން ކުޅިވަރަށް ހިދުމަތްކޮށްދެއްވި 13 ފަރާތެއްގެ މަސައްކަތުގެ އަގުވަޒަން ކޮށްފައިވެއެވެ.
އެގޮތުން ޚިދުމަތުގެ އަގުވަޒަން ކުރެއްވި ބޭފުޅުންނަކީ، ކުރީގެ ވަޒީރުން ކަމަށްވާ (ނ.ޢ.ޢވ) އަލްމަރްޙޫމް އުމަރު ޒާހިރު، ރާޝިދާ ޔޫސުފް، (ނ.ޢ.ޢވ) ޑރ. މުހައްމަދު ޒާހިރު ހުސައިން، އިބްރާހިމް ހުސައިން މަނިކު، ހުސައިން ހިލްމީ، މުހައްމަދު ވަޙީދުއްދީން، ޑރ. އައިޝަތު ޝިހާމް، ހަސަން ލަތީފް، މުހައްމަދު ހުސެއިން ޝަރީފް، މުޙައްމަދު މަލީހު ޖަމާލް، އަހުމަދު ޒުހޫރު، އިރުތިޝާމް އާދަމް އަދި، އަހުމަދު މަހުލޫފެވެ.
މި ރަސްމިއްޔާތުގައި ކުޅިވަރާބެހޭ ވަޒީރު ރާފިއު ވިދާޅުވީ، ކުރީގެ އެތުލީޓުންނާއި ކުޅިވަރަށް އެކިއެކި ގޮތްގޮތުން، ހިދުމަތް ކޮށްދެއްވި، ފަރާތްތަކުގެ މަސައްކަތްތަކާއި ރާއްޖެ އަށް ކުޅިވަރުގެ ދާއިރާ އިން ލިބިފައިވާ ކާމިޔާބީތައް އަރުޝީފު ކުރެވި ކުރިއަށް އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު