ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް، ފޮޓޯ: ވީއައިއޭ
ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް، ފޮޓޯ: ވީއައިއޭ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލުން މިހާތަނަށް 2000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފައިވާކަމަށް އެމްއޭސީއެލުން ބުނެފިއެވެ.

ވީއައިއޭގެ އާ ޓާމިނަލް ވަރަށް ކުލަގަދަ ރަސްމިއްޔާތަކާއެކު ހުޅުވީ މިމަހު 26 ގައެވެ. އަދި ޓާމިނަލް 1 ގެ އޮޕަރޭޝަންތައް ފަށާފައިވަނީ މިމަހު 27 ވަނަ ދުވަހު، އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އައި ގައުމީ އެއާލައިން، މޯލްޑިވިއަންގެ މަތިންދާބޯޓަކާ އެކުއެވެ.

އެމްއޭސީއެލުން ބުނީ، އެ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ޓާމިނަލް 1 އިން މޯލްޑިވިއަންގެ ބޯޓުތަކަށް 14 ފަހަރު ހިދުމަތް ދީފައިވާ ކަމަށެވެ.

އަދި ޖުމްލަ 2،410 ފަސިންޖަރުންނަށް ހިދުމަތް ދީފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ފުރި 956 ފަސިންޖަރަކާއި، ރާއްޖެ އައި 1،454 ފަސިންޖަރުން ކަމަށް ވެސް އެމްއޭސީއެލުން ވަނީ ހާމަކޮށްފައެވެ.

‎ވީއައިއޭގެ ޓާމިނަލް 1 އަށް ބައިނަލްއަގުވާމީ ދަތުރުތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ އޮރާޓް ޕްރޮސެސްގެ ތެރެއިންނެވެ. އެކަން ކުރާނީ ބައިނަލްއަގުވާމީ ކޮންސަލްޓަންޓް ފާމެއް ކަމަށްވާ މޮޑާލިސްއާ ގުޅިގެންނެވެ.

އެ ޕްރޮސެސްގެ ތެރެއިން ފަހަރަކު އެއާލައިނަކަށްފަހު އެއާލައިނެއް ބަދަލުކުރަމުން ގޮސް، މި އަހަރުގެ ފަތުރުވެރިކަމުގެ މޫސުން ފެށުމުގެ ކުރިން ހުރިހާ އެއާލައިނެއްގެ ހިދުމަތް އާ ފަސިންޖަރު ޓާމިނަލަށް ބަދަލުކުރަން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު