ހައުސިންގ މިނިސްޓްރީ ސަރަޙައްދުގައި އިޙްތިޖާޖް ކުރަނީ
ހައުސިންގ މިނިސްޓްރީ ސަރަޙައްދުގައި އިޙްތިޖާޖް ކުރަނީ
ގެދޮރުވެރިޔާ ފްލެޓް އެގްރީމެންޓްތައް ލަސްވާ މައްސަލައިގައި ފްލެޓް ލިސްޓުގައި ހިމެނޭ ބައެއް މީހުން ހައުސިން މިނިސްޓްރީ ކައިރީގައި މިއަދު އިޙުތިޖާޖް ކޮށްފިއެވެ.

މިއަދުގެ އިޙްތިޖާޖުގައި ބައިވެރިވި މީހަކު ބުނީ މިހާތަނަށްވެސް އައު އެގްރީމެންޓްގައި ސޮއި ކުރުމަށް ހައުސިންގ މިނިސްޓްރީން އެމީހުންނަށް ގުޅާފައިނުވާ ކަަމަށެވެ. އަދި އެމީހުން ވާނީ ކުރީ ސަރުކާރާއެކު ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް ލިބުނުކަމުގެ އެގްރީމެންޓްގައި ސޮއި ކޮށްފައިކަމަށް އިޙްތިޖާޖުގެ ބައިވެރިން ބުނެފައިވެއެވެ.

އެހެންކަމުން އެމީހުންނަށް ފްލެޓްގެ އެއްބަސްވުން ހެދޭނެ ތާރީހެއް ބުނެދިނުމަށް ހައުސިން މިނިސްޓްރީގައި އެމީހުން ވަނީ އެދިފައެވެ.

ގެދޮރުވެރިޔާ ފްލެޓް އެގްރީމެންޓްތައް ލަސްވާ މައްސަލައިގައި ފްލެޓް ލިސްޓުގައި ހިމެނޭ ބައެއް މީހުން އިޙްތިޖާޖް ކޮށްފައިވާއިރު، ޢިމާރާތްކުރުމާ ބެހޭ ވުޒާރާއިން މިހާރު ވަނީ، 4000 ފްލެޓްގެ އެއްބަސްވުމުގައި ވެރިފަރާތްތަކާއެކު ސޮއިކުރުމުގެ މަސައްކަތް ފަށާފައެވެ.

އެމްޑީޕީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ 4،000 ފްލެޓުގެ މަޝްރޫއު ހިންގާފައި ވަނީ އެފްޑީސީންނެވެ. އެގޮތުން ޖުމްލަ 32 ޓަވަރުގައި ތިން ކޮޓަރީގެ 2،800 ޔުނިޓާއި ދެ ކޮޓަރީގެ 1،200 ޔުނިޓުގެ މަސައްކަތް އިންޑިއާގެ ދެ ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން ފަށާފައިވަނީ މުޅި ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކުން ހަމަޖައްސައިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު