ރޭގެ ބިންހެލުމުގެ އަސަރު ރާއްޖެއަށްކުރި ކަމަށާއި އެކަމަކު ނުރައްކަލެއް ނެތް ކަމަށް މެޓް އޮފީހުން ހާމަކޮށްފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ބުނީ، އިންޑިއާގެ ނިކޮބާ އައިލެންޑްސްއަށް ރޭ އައި 6.2 މެގްނިޓިއުޓުގެ ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރި ކަމަށެވެ. އެ ބިންހެލުން އައިސްފައިވަނީ ރޭ ރާއްޖެ ގަޑިން 11:41 ހާއިރު އެވެ.
މެޓުން ބުނީ، އެ ބިންހެލުމާ ގުޅިގެން ސުނާމީއެއް އުފެދިފައިނުވާ ކަމަށާއި، އެކަމަކު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ލޮޅުމެއް އައިކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށެވެ. އަދި ގދ. ކާޑެއްދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑްކުރާ ސިސްޓަމަށް، ރާއްޖޭ ގަޑިން 11:48 ހާއިރު ލޮޅުމެއްގެ އަސަރު ކޮށްފައިވާކަން ވަނީ ރިކޯޑްކުރެވިފަ އެވެ.
މެޓުން މިއަދު މިހެން ބުނެފައިވާއިރު، ރޭ މެޓް އޮފީހުން ބުނެފައިވަނީ، އެ ބިން ހެލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް ބިންހެލުމާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ލޮޅުމެއް އައިކަމަށް ރޭ މީސްމީޑިއާގައި ބައެއް މީހުން ވަނީ ބުނެފައެވެ.
އޭގެ އިތުރުން މެޓުން ބުނެފައިވަނީ، ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އިތުރު ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ލަފައެއް ނުކުރެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު