މަރްޔަމް ނަހްދާ ވަޙީދު   27 ޖުލައި 2025 - 18:26
ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން އެރުވި ހަވާ، ފޮޓޯ: ވީއައިއޭ
ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން އެރުވި ހަވާ، ފޮޓޯ: ވީއައިއޭ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެރުވި ހަވާއަށް ގިނީސް ވޯލްޑް ރެކޯޑެއް ލިބިއްޖެއެެވެ.

އައު ޓާމިނަލް ހުޅުވުމާ ގުޅިގެން ރޭ މާލެ ވަށައިގެން ކަނޑުގެ 16 ސަރަހައްދެއްގައި ހަވާ އަރުވާފައި ވެއެވެ. އަދި އެއާޕޯޓު ސަރަހައްދުގައި ތިން ތަނެއްގައިވެސް ހަވާ އެރުވިއެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ ބޮޑުކޮށް އެރުވި ހަވައެވެ.

ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑުކޮށް އެރުވި މި ހަވާގެ ހަރަކާތް ގިނީސް ވޯލްޑް ރެކޯޑަށް އެރީ 19 ތަނެއްގައި އެއްފަހަރާ 'ސިންކްރޮނައިޒް' ވާގޮތަށް ހަވާ އަރުވައިގެންނެވެ.

އެމްއޭސީއެލުން ބުނީ ހަވާގެ ހަރަކާތް ދުނިޔޭގެ ރެކޯޑު ފޮތަށް އަރައި އެކަމުގެ ލިޔުން މިހާރު ލިބިފައިވާ ކަމަށާއި، އެކަމުގެ ލިޔުން ދިނީ އާ ޓާމިނަލްގެ ފުރަތަމަ ބޯޓަށް މަރުހަބާ ކިޔުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ކަމަށެވެ.

އަދި ރެކޯޑު ފޮތަށް އެރުވުމަށް 'ހެކިން'ގެ ގޮތުގައި ވެސް ގިނީސް ވޯލްޑް ރެކޯޑުން ބަޔަކު ބައިވެރިވި ކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ.

މީގެ ކުރިން އެންމެ ގިނައިރު އަދި އެންމެ ބޮޑުކޮށް ހަވާ އަރުވާފައިވަނީ، ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.



ކިޔުންތެރިންގެ ހިޔާލު