އުމަރު ނަސީރު --
އުމަރު ނަސީރު --
އާންމު ތަންތަނުގައި ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކަށް ފުރައްސާރަކުރުން އެއީ ހުއްޓާލަން ވެއްޖެކަމެއްކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅުގެ ރަށަކުން އާންމުންގެ މީހަކު ވަނީ ރައީސް މަގުމަތިން ހިންގަވާފައި ވަޑަައިގަންނަވަނިކޮށް ނޭދެވޭ ބަސްތަކަކުން ގޮވައި، ހަޅޭއްލަވާ ހަދާފައެވެ. ނަމަވެސް، އެކަމާ އަޅާނުލައްވައި ރައީސް ހިންގަވާފައި ވަޑައިގެންނެވީއެވެ.

މި ހާދިސާއާއި ގުޅުވައި އުމަރު ނަސީރު މިރޭ އެކްސްގައި ވިދާޅުވީ، އާންމު ތަންތަނުގައި އެއްވެސް މީހަކާ ދިމާއަށް ހަޅޭއްލަވާ ފުރައްސާރަ ކުރުމަކީ ނިމުމަކަށް ގެންނަން ވެއްޖެކަމެއްކަމަށެވެ. ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެކަން އެގޮތަށް ކުރުމަކީ ހުއްޓާލަން ޖެހޭކަމެއްކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.



އުމަރު ވިދާޅުވީ އެއީ ހިޔާލު ފާޅުކުރުން ނޫންކަމަށާއި، އެއީ ފުރައްސާރަ ކުރުން ކަމަށެވެ. އަދި އަޅުގަނޑުމެންގެ ތެރޭގައި އަހުލާގެއް އޮންނަންވާނެ ކަމަށް ވިދާޅުވެ އުމަރު ވަނީ އެ މީހާގެ އެ އަމަލު ކުށްވެރި ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު