މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި ނުރައްކާތެރި އެކްސިޑެންޓު
މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި ނުރައްކާތެރި އެކްސިޑެންޓު
މިދިޔަ އާދިއްތަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު 40 އަހަރުގެ މީހާއަށް އަދިވެސް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ހާމަކޮށްފިއެވެ.

އެ މީހާގެ މޫނުގެ ކަށިތައް ފްރެކްޗަރވެ، ސިކުނޑިއަށް ލޭއެޅި، ވަރަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ.

މާފަންނު ބަސް ޓާމިނަލް ކައިރީގައި ހިނގި މި އެކްސިޑެންޓަކީ ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް، ކަފިހި ހުރަސް މަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި، އަނެއް ފަރާތުން ދުއްވި ލޮރީއެއްގައި ޖެހުމުން ހިނގި ހާދިސާއެކެވެ. އަނިޔާވި 40 އަހަރުގެ މީހާއަކީ ކަފިހި ހުރަސް މަތިން ދިޔަ މީހާއެވެ.

މި އެކްސިޑެންޓުގައި ސައިކަލުގައި ތިބީ 16 އަހަރާއި 17 އަހަރުގެ ކުދިންނެވެ. އެ ކުދިންގެ ތެރެއިން 17 އަހަރުގެ ކުއްޖާ އެރޭ ވަނީ ނިޔާވެފައެވެ. އަދި 16 އަހަރުގެ ކުއްޖާއަށް މިހާރު ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގެ ވޯޑުގައެވެ.

މި ހާދިސާގައި ނިޔާވީ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހަމައެކަނި ދަރިފުޅު، ޔޫސުފް އަލްސަން މުޙައްމަދެވެ.



ކިޔުންތެރިންގެ ހިޔާލު