ރައްޔިތުންނާ އެކު ޕޮޑްކާސްޓުގެ 8 ވަނަ އެޕިސޯޑު، ފޮޓޯ: ރައީސް އޮފީސް
ރައްޔިތުންނާ އެކު ޕޮޑްކާސްޓުގެ 8 ވަނަ އެޕިސޯޑު، ފޮޓޯ: ރައީސް އޮފީސް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް މަޝްރޫޢު ނިންމައި އޮޕަރޭޝަން ފެށުން ވެގެންދާނީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 8 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން އެންމެ އިސްކަންދޭ އެއް މަސައްކަތަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް މަޝްރޫޢު ނިންމައި، އޮޕަރޭޝަން ފެށުންކަމުގައެވެ.

އައު ޓާމިނަލްގެ ހިދުމަތް ފެށިގެންދިއުމަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ދޮރުތަކެއް ހުޅުވިގެންދާނެ ކަމެއްކަމުގައި ރައީސް ސިފަކުރެއްވިއެވެ.

ވެލާނާ އެއަރޕޯޓަކީ ދިވެހި އިޤްތިޞާދުގެ އެންމެ މުހިންމު އެސެޓްކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެތަނަށް އަންނަ ކޮންމެ ކުރިއެރުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބޭ ކުރިއެރުމެއް ކަމުގައެވެ.

އަދި އެއަރޕޯޓަކީ ހުރިހާ ރައްޔިތުންގެ ކުރިއެރުމާއި، ލާބަޔާއި މަންފާއާ ގުޅިފައި އޮތް ތަނެއްކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ވެލާނާ އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ 60 ވަނަ މިނިވަސްދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު